ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 21:09
ތުޅާދޫ މަގެއްގެ މަތި
ތުޅާދޫ މަގެއްގެ މަތި
ފޭސްބުކް
ތުޅާދޫ އިން މީހަކު ކޮވިޑުގައި މަރުވުން
ތުޅާދޫ ހޯމް ކަރަންޓީނުގައި ހުއްޓާ މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް
 
މަރުވީ 59 އަހަރުގެ މީހެއް

ބ. ތުޅާދޫ ހޯމް ކަރަންޓީނުގައި ހުއްޓާ މަރުވި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

ތުޅާދޫ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނަކު މަރުވީ ހޮނިހިރު ދުވަހު 15:30 ހާއިރުއެވެ. އޭނާ އަކީ އުމުރުން 59 އަހަރުގެ މީހެކެވެ.

ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް ޒާއިދް ރަޝީދު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، އެ ފިރިހެންމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ.

އޭނާ އަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަން ދިޔަ މީހެއް ކަމަށް ތުޅާދޫ ކައުންސިލުން ބުންޏެވެ. އެ މީހާ މާލެއިން ތުޅާދޫ އަށް ގޮސް، ހޯމަ ކަރަންޓީނު ވެފައިވަނީ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
94%
6%
0%
0%
ކޮމެންޓް