ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 22:44
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)- މިއީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ބިރުވެރި ހާދިސާ
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)- މިއީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ބިރުވެރި ހާދިސާ
ރާއްޖެއެމްވީ
ބޯޓު ދަތުރުކުރަން އުޅުނު ދިވެއްސެއްގެ ވާހަކަ
ބްރެޒިލްގައި ދިވެއްސެއްގެ ތަޖުރިބާ - ދިޔައީ ޑޮކްޓަރަށް ދައްކަން، ހޭއެރި އިރު އޮތީ ޒަހަމްތަކާއެކު ގަބުރުތަކެއްގެ ތެރޭގައި!
ތުހުމަތު ކުރެވެނީ އޭނާގެ އެއް ކިޑްނީ ވަގަށް ނަގާފައިވާ ކަމަށް
ހަށިގަނޑުގައި ފެން ހެދިފައިވާ ކަމަށް ބުނެ އަރިކަށިން ލޯވަޅު އަޅަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނި
ހެއި އެރިއިރު އޮތީ މޯޗުއަރީގައި

ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ) އަކީ އުމުރުން 16 އަހަރުން ފެށިގެން ބޯޓު ދަތުރުކުރަމުން އުޅުނު މީހެކެވެ. 1970 ވަނަ އަހަރުން ފެށިގެން ބޯޓުދަތުރު ކުރަން އުޅުނު އިރު ސައީދުގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ހާދިސާ 'ރާއްޖެ އެމްވީ' އާ އޭނާ ހިއްސާ ކުރިއެވެ.

މިހާރު އުމުރުން 67 އަހަރުގެ ސައީދަކީ ' އޭ-ކެތަރީނާ' ނަމަކަށް ކިޔާ ބޯޓުގެ ސަރުދާރެވެ. ދުބާއީ އިން ފުރައިގެން ބްރެޒިލްގެ ސަންތޫސް އަށް ކުރި ދަތުރުގައި ސައީދު ވަރަށް ބޮޑަށް ބަލިވި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އަރިކަށީގައި ކުއްލިއަކަށް ރިއްސަން ފެށީ ކަމަށެވެ. ތަދަށް ބޭސް ކެއި ނަމަވެސް މަޑުމަޑުން އޭނާގެ ހާލަތު ގޯސްވާން ފެށި ކަމަށް ސައީދު ބުންޏެވެ. މަންޒިލަށް ދެވުނު އިރު ސައީދައް ތެދުވެ ނޫޅެވޭކަމަށް އޭނާ ބުންޏެވެ.

ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)
އެދުވަހުގެ ރޭގަނޑުގެ 9 ޖަހާކަންހާއިރު ކުޑަ ލޯންޗެއްގައި އަޅުގަނޑާ އަޅުގަނޑުގެ ފޮށްޓާ ހުރިހާއެއްޗެއް އެކީގައި މީހުން ތަންކޮޅެއް މަދު ހިސާބަކަށް ބޭލީ އަޅުގަނޑަށް ހީވާގޮތުން އިމިގްރޭޝަންއަށް ވެސް ވަގަށްހެން ބޭލީ. ބާލައިގެން ގެންދިއައީ ކްލިނިކަކަށް ދެން އެތަނުން ގެންދިއައީ ހޮސްޕިޓަލަށް. ދެން އެތަނުން އަނެއްކާ ނެރެގެން ގެންދިޔައީ އެހެން ހޮސްޕިޓަލަކަށް. އެތަން އެއީ ވަރަށް ބޮޑު ތަނެއް ހަމަގައިމުވެސް އެއްދުވަހުން އެތަން ބަލާވެސް ނުނިމޭނެ އެހާވެސް ބޮޑު،
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)

އެދުވަހު ސައީދް އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. ޖެހިގެން އައި ދުވަހުގެ ހަވީރު ޑޮކްޓަރަށް ދެއްކުމުން އަރިކަށީގައި ފެންހެދިފައި ހުރިކަމަށް ބުނެ އަރިކަށީގައި ލޯވަޅެއް އަޅަން ޖެހޭ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑުގެ އަރިކަށީގައި ލޯވަޅެއްއަޅާފަ ޕައިޕެއް ގުޅާފަ އަނެއްކޮޅަށް ފުޅިއެއް ގުޅާފަ ފާޑެއްގެ ކެމިކަލެއް އެޅީ. ފުޅީގެ ތެރެއަށް އެޅީ އެގޮތައް 3 ދުވަސް ވަންދެން ބާއްވާފަ އަނެއްކާ ބުނެފި އަދި އެއްލޯވަޅު އަޅަން އެބަޖެހެއޭ.
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)
ސައީދުގެ އަރިކަށީގައި ލޯވަޅެއްއަޅައި، ހޮޅިއެއް ގުޅާފައި

ސައީދު ބުނީ ފުރަތަމަ ލޯވަޅު އެޅިއިރު އޭނާ އަށް ހުރިހާ ކަމެއް ރަނގަޅަށް ސާފުވާކަމަށެވެ. އަދި ކޮޓަރިއަށް ވެސް ވަރަށް އަވަހަށް ބަދަލުކުރި ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ލޯވަޅު އެޅުމަށްޓަކައި ކޮޓަރިއަކަށް ވެއްދި ހިސާބުން ވީ ގޮތެއް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

ހޭލެވުނު އިރު ކަމަކު ދާކަށް ނެތެވެ. ސައީދަށް އޮވެވުނީ ގަބުރުތަކެއްގެ ތެރޭގައެވެ.

"އަޅުގަނޑަށް ހޭލެވުނީ ފަތިހު ފުރަތަމަ ވެސް ވަށައިގެން ބަލާލެވުނީ ދެން އަޅުގަނޑަށް ވަރަށް ބާރަށް ރޮއެގަނެވުނީ. އޭރު އަޅުގަނޑު އޮތީ މީހުން މަރުވެގެން ބާއްވާ ތަނެއްގައި ވަށައިގެން އޮތީ ހުސް ގަބުރު"
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)

އޭނާ ބުނި ގޮތުގައި އެވަގުތު އޭނާގެ މޭގަނޑު އަތަށް އައި ފަދައެވެ.

މަރުވެފައި ތިބި މީހުންގެ ތުނބުޅިއާއި މަތިމަސް ފެވުމަކީ ބްރެޒިލްގެ އާދަކާދައިގެ ބައެކެވެ. ސައީދު ބުނީ އޭނާ އަށް ހޭލެވުނުއިރު، މޯޗަރީގެ ދެ އަންހެން މުއައްޒަފަކު ތިބީ މަރުވެފައި ތިބި މީހުންގެ ތުނބުޅިއާއި މަތިމަސް ފަވާށެވެ.

ސައީދު ބުނީ ހޭލެވުމަށްފަހު ބޭ އިޚްތިޔާރުގައި އެދެވުނީ ފެންފޮދެއް ދިނުމަށް ކަމަށެވެ. ނަމަވެސް އެ މީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. އަޅާވެސް ނުލިކަމަށެވެ.

ދަރިންނާއި އާއިލާމަތިން ހަދާންވި. ހިތަށް އެރީ މި މީހުން ކީއްކުރަންބާއޭ މިތަނަށް މިގެނައީ؟ މަރާލަންބާއޭ މިއުޅެނީ؟
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)

އޭގެ ގަޑިއެއްހާއިރު ފަހުން ސައީދު އޮތް ވާރޑުގައި އުޅުނު ނަރުހެއް ފެނުމަކީ އޭނާގެ ނަސީބެވެ. ނަރުސް ކުއްޖާ އައިސް ހާލު އަހާލުމުން ރޮއެގަނެވުނުކަމަށް އޭނާ ބުންޏެވެ. އަދި މޯޗަރީން ނެރެ، ރޫމްއަކަށް ބަދަލުކުރީ އެ ނަރުސް ކުއްޖާ ކަމަށް ސައީދު ބުންޏެވެ.

ހޮސްޕިޓަލުން ދޫކޮށްލީ އޭގެ 14 ދުވަސް ފަހުންނެވެ. 14 ދުވަހު ހޮޓަލެއްގައި ކަރަންޓީނުގައި ހުރިއިރު، އޭނާގެ އޭޖެންޓު ގުޅާލީ އެންމެ ފަހަރަކު ކަމަށް ބުންޏެވެ. ގުޅީވެސް ދަރިން އޭނަ ކައިރިއަށްގޮސް ބައްޕަގެ ހަބަރެއް ނުވެގެން އުޅުމުން ކަމަށް ސައީދު ބުންޏެވެ.

ރާއްޖޭގައި ހުންނަ އެޖެންޓް އަޅުގަނޑަށް ހޮސްޕިޓަލަށް ލީފަހުން އެންމެ ދުވަހަކު އަޅުގަނޑަށްގުޅީ އޭނަ، އެދުވަހު އެހީ ހާލު ކިހިނެއްހޭ އަޅުގަނޑު ބުނީ ވަރަށް ރަނގަޅޭ. ތިވަރުގެ އެޖެންޓެކޭ ހުންނާނީ...
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)
ސައީދުގެ އަރިކަށީގައި ފަޅާފައި ހުރި ތަން

ސައީދު ބުނީ އޭނާގެ އަރިކަށި ފަޅާފައި ހުރިކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ކަމަށެވެ. މިހާރު އޭނާ ހުރީ ރާއްޖޭގައެވެ. އޭނާއަށް ރާއްޖެ އާދެވުނީ 3 މަހާ 15 ދުވަސް ފަހުން، މި ޖުލައި މަހުގެ 15 ގައެވެ. މާލެ އައުމާއެކު ފަޅާފައި ހުރި ތަނުގެ ނިޝާންތައް ހުރި ގޮތުން ކިޑްނީ ނަގާފައިވާ ކަމަށް ޝައްކު ކުރެވޭތީ އޭނާ މިހާރު ދަނީ ސްކޭން ހަދައި، ޓެސްޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކިޑްނީ ފަދަ ގުނަވަންތައް ބްލެކް މާރކެޓުގައި ވިއްކުމާއި، "އޯރގަން ޓްރެފިކިންގ" އަކީ ބްރެޒިލްގެ ބައެއް ހިސާބުތަކުގައި އާންމުވެފައިވާ ކަމެކެވެ. އެގޮތުން އިޒްރޭލުން ފަންޑު ކޮށްގެން އެފަދަ ވިޔަފާރިތައް ބްރެޒިލްގައި އޮޕަރޭޓް ކުރާ ޖަމާއަތްތައް ހަރަކާތްތެރިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އެހެން ނަމަވެސް، މިއީ ބްރެޒިލްގެ ޤާނޫނުގައިވެސް މަނާ ކޮށްފައިވާ ކަމެކެވެ. 1997 ގައި ބްރެޒިލްގައި ތަސްދީޤު ކުރެވުނު ޤާނޫނެއް ބުނާ ގޮތުން، ބްލެކް މާރކެޓުގައި އިންސާނުންގެ ގުނަވަންތައް ވިއްކުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން މަދުވެގެން 8 އަހަރުގެ ޖަލު ޙުކުމެއް އަންނައިރު، ގުނަވަން ނަގާ މީހާ މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

- ކޮމެންޓް
22 ޖުލައި 2020 | ބުދަ 18:51
ޙާމް
މިތާގައި ކޮމެންޓް ކުރި ގިނަ މީހުންނަކީ ރަހުމިގެ ކުޑިފުކެއްވެސް ނެތްމީހުން. މިއާޓިކަލް ގެ އިބާރާތް ކުރުން ދައްވެ ކިޔާ މީހާއަށް ކަމުގެ ކުޑަ ބޮޑު ވަޒަން ނުވެ އެއްވެސް އިހުސާސެއް ނުކުރެވުން އެއީ އެމީހާގެ މައްސަލައެއް ނޫން. ޢެއީ ލިޔުންތެރިޔާގެ ފެންވަރު ދައްކަން. ޙަބަރު ކިޔާމީހާ ކިޔާ ހިތްވާކަލަ ގޮތަކަށް ޙަބަރު ލިޔާނަމަ ދޯ....
22 ޖުލައި 2020 | ބުދަ 16:26
އޭ.އައި
ތިވާނީ ކިޑްނީ ވިއްކާލާފަ ނުވަތަ އެކޮޅުގަ އޮންނަ އާއިލާ މެމްބަރަކަށް ކިޑްނީއެއް ބޭނުން ވެގެން ހަދިޔާ ކޮށްފަ އެސްޓީ އެއް ޖައްސަނީކަމަށް.
22 ޖުލައި 2020 | ބުދަ 13:49
ޙެހެ
މިކަބަރައް ބަލާއިރު ރާއްޖެ އެމްވީ ހަމަނުޖެހޭ😄😄
21 ޖުލައި 2020 | އަންގާރަ 21:04
ޙަސީ
ާަވާހަކަ ފެށުނީ އަބުސީ އަކުން ނިމުނީ ސައީދަކުން އޯގަން ޓުރެފިކިން އަކީ އިޒްރޭލުގަ ހަދާފައިވާ ގާނޫނެއް ރާއްޖޭގަ އޮވޭތަ ހިއުމަން ޓްްރެފިކިންގ ގާނޫން ނޯންނާތީ މިތިބީ ހުސް ވަގައް ނަގައިގެން ގެނެސް ތިބި ބަންގާޅީން އިޒްރޭލު މީހުންނައްވުރެ ރާއްޖޭ މީހުން ގޯސް
21 ޖުލައި 2020 | އަންގާރަ 14:34
67 ވި އިރުވެސް ދަތުރު ކުރިަންތަ އުޅުނީ. ތިބުނީ ވި އްޔާ މާލެ އަެިތާ ވީ 3 މަހޭ
21 ޖުލައި 2020 | އަންގާރަ 13:41
ތަރި
ތިޔަ ސްކޭން ހަދާފައި މި ޙަބަރު ގެނެސްދިން ނަމަ ކުޑަކޮން މިވީނުވީ އެގުނިސް...
21 ޖުލައި 2020 | އަންގާރަ 12:45
ަމަ
މީ ކޮން އިރަކު ވި ކަމެއް
19 ޖުލައި 2020 | އާދީއްތަ 11:51
ޖާބެ
މިކަމައް ދިވެހި ދައުލަތައް ކޮށްދެވޭނެ ކަމެއް ނޯންނާދޯ ، މިއުޅެނީ އަމިއްލަ ފަސްގަނޑުގަވެސް އިންސާފް ނުލިބިގެން
19 ޖުލައި 2020 | އާދީއްތަ 10:47
ނަން
ކުރިން އަރިކައްޓަށް އެރި ތަދު ރަގަޅުވިތޯ؟
19 ޖުލައި 2020 | އާދީއްތަ 04:43
އަމީރާ
ބިރުން ހޭގޮއްސި.
18 ޖުލައި 2020 | ހޮނިހިރު 23:46
އަލި
ދެންމިނާއަށްވެސް ބްރެޒިލުން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިބިމެއް ދޭން ނަޝީދުކާރި ބުނޭ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
18 ޖުލައި 2020 | ހޮނިހިރު 23:10
ޅިޔަނު
ތުނބުޅި ދެވުމަކީ ކޮބާ؟؟