ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 19:08
ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު އައްޔަން ކުރައްވާފައިވަނީ މާޗް މަހު
ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު އައްޔަން ކުރައްވާފައިވަނީ މާޗް މަހު
ޔޫސުފް ސޮފްވާން ރަޝީދު
ޓްރިބިއުނަލްގެ ރައީސް އަމްޖަދު އިސްތިއުފާ ދެއްވުން
މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ވަޒީފާއާއިބެހޭ ޓްރިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
 
އީސީގެ ނައިބް ރައީސްގެ މަގާމުވެސް އަމްޖަދު ފުރުއްވި
 
މައްސަލަ ރައީސް އޮފީހަށް ގެންދިޔަ

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ވަޒީފާއާ ބެހޭ ޓްރިބިއުނަލްގައި މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ އެ ޓްރިބިއުނަލްގެ ރައީސްކަމުގެ މަގާމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.

މީގެ ކުރިން އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބް ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ އަމްޖަދު، ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މާޗް މަހުއެވެ.

އަމްޖަދު އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އަމްޖަދު ވިދާޅުވީ، ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރެވުނު ހިސާބުން ފެށިގެން ޓްރިބިއުނަަލްގެ އެތެރެއިންނާއި، ބައެއް މެމްބަރުންގެ ފަރާތުން އެކި ކަހަލަ އުދަނގޫތައް ދިމާވަމުން އައި ކަމަށެވެ. އެކަމަކު އެއީ ކޮން މެމްބަރުންނެއް ކަމެއް އަމްޖަދު ވިދާޅެއް ނުވެއެވެ.

އޭގެ ސަބަބުން ކުރައްވަމުން ގެންދެވި ގިނަ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ދިމާވެ އެ މައްސަލަ ރައީސް އޮފީހުގެ ސާމަލުކަމަށް ގެންދެވި ކަމަށް އަމްޖަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަގާމަކީ އެތައް ރައްޔިތުންނާ ގުޅިފައިވާ މަގާމަކަށްވީ ހިނދު، ''ޕްރޮފެޝަނަލް'' ކޮށް މަސައްކަތް ކުރެވޭނެ ޖާގައެއް ޓްރިބިއުނަލްގައި ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދު އެ ވިދާޅުވާ މެމްބަރަކީ، ޓްރިބިއުނަލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އާމިނަތު އަބްދުﷲ ޒުހައިރުއެވެ. ޓްރިބިއުނަލްގެ ނައިބް ރައީސްގެ މަގާމަށް އާމިނަތު އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. އާމިނަތު އަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރާއްޖެ.އެމްވީން ގުޅާލުމުން އޭނާ ވިދާޅުވީ، އަމްޖަދާ އެއްވެސް ކަހަލަ މައްސަލައެއް ޖެހިފައިނުވާނެ ކަމަށާއި، ޓްރިބިއުނަލްގެ ހުރިހާ މެމްބަރުންނަކީވެސް ވަރަށް ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ މެމްބަރުން ކަމަށެވެ. އަމްޖަދު މަގާމާށް އައްޔަން ކުރެއްވުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް އާމިނަތު ވަނީ ވިހެއުމުގެ ޗުއްޓީއަކަށް ގޮސްފައެވެ. އެހެންކަމުން މާ ގިނަ ދުވަހު އަމްޖަދާއެކު އޭނާ މަސައްކަތެއް ކުރައްވާފައެއްް ނުވެއެވެ. އޭނާއާ މެދު އެފަދަ ތުހުމަތުތަކެއް ކުރެވޭތީ އާމިނަތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަމްޖަދު އަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިވަޑައިގެންނެވީ ދާދި ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
20%
28%
32%
8%
8%
ކޮމެންޓް
19 ޖުލައި 2020 | އާދީއްތަ 11:28
އަމްޖަދު އެވިދާޅިވަނީ ތެދެއް. ނާއިބު ރައީސާ އާމިނަތުގެ އުނދަގޫ އެތާ ވަރަށް ބޮޑު. 3ރައީސުން ބުރުވާލުން ހެއްކަކަށް ނުފުދޭތޯ. ވިހައިގެން ގޭގައި 6މަސް ނުހުރެވިގެން 2މަސް ވީއިރު އޮފީހަށް ނިކުތީ ކީއްކުރަންތޯ. ރާއީސުލްޖުމްހޫރިއްޔާ 6މަސް ދެއްވެވީ ގައިމު ތުއްތު ދަރިފުޅު ކައިރީގައި ފުރަތަމަ 6މަސް ހުރުމަކީވަރަށް މުހިއްމު ކަމަކަށް ފެންނާތީއެވެ. މީނާ އޮފީހުގެ ޖަރީމާ ނުހިންގިގެން އަވަހަށް ދަރި އެއްލާލާފައި އޮފީހަށް ނިކުތީ.
19 ޖުލައި 2020 | އާދީއްތަ 08:48
ރައްޔިތުން
މަރުހަބާ އަދި ސާބަސް އަމްޖަދު އަށް، ކެރޭ ގާބިލު ހިންގުން ތެރިއެއް
19 ޖުލައި 2020 | އާދީއްތަ 07:39
މުޖޭ
ލިބޭ މުސާރަކުޑަވީމާ އަމިއްލަމަސައްކަތެއް ކުރަން ތިވަކިވީ ކޮއްމެވެސް ބަހަނާއެއް ދައްކާފައި.
19 ޖުލައި 2020 | އާދީއްތަ 01:54
އަމީތު
ތިއީ ހުސް ދޮގު. ތިތަނުގެ ނާއިބަށް ޝުކުރު ހައްގު. އެއީ އިލްމީ ގާބިލު ހިތްވަރުގދަ ފިސާރި ކަނބަލެއް.
19 ޖުލައި 2020 | އާދީއްތަ 01:51
ފިސާރި ކަބަލެއް
ތި ތަނުގެ ނާއިބް ރައީސާއެކު މަސައްކަތް ކުރި މީހެއްގެ ގޮތުން އެގޭ ވަރަށް ގާބިލު، މަސައްކަތްތައް ރާވައިގެން މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތްކުރާ ބޭކަބަލެއްކަން އެއީ. ކޮރަޕްޝަން އާ ދެކޮޅު ހިންގުންތެރި ކަނބަލެއް. އަމްޖަދުމެން ކަހަލަ މީހުންނަށް ހަޖަމު ނުވަނީ އެހެނވެގެން
19 ޖުލައި 2020 | އާދީއްތަ 01:41
ހިޔަނި
ތި އަމްޖަދަކީ ތިތަނުގަ މަސައްކަތް ކުރުމުގެގާބިލު ކަމެއް ހުރި މީހެއް ނޫން. އެހެންވެ އިސްތިއުފާ ބިރުން ތިދިނީ..ދާންވެގެން މޮޅު ވާހަކައެއް ދައްކަނީ.
19 ޖުލައި 2020 | އާދީއްތަ 00:20
މުހުއްމާ
ވަކީލު ކަމުގައި އަދި އެއްވެސް ކަމެއް ނުކުރާ މީހަކު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ލުމުން ވާނެ ހައެތި!
18 ޖުލައި 2020 | ހޮނިހިރު 19:52
އަމްޖަދު މުސްތަފާ އަކީ ވަރަށް ޤާބިލް ބޭފެއް.. މަސައްކަތް ކުރެވޭވަރުގެ މާހައުލެއް ނެތްނަމަ އެންމެ ރަގަޅު ގޮތަކީ އެއީ. ޥަރަށް ރަގަޅު ނިންމުމެއް. ތި ނައިބު ރައީސް ތިތަނުގަ ހުރެގެން ތިތަން ނުކުރެވޭނެ ހައްލެއް.
18 ޖުލައި 2020 | ހޮނިހިރު 19:38
ތި އައިމިނަތު އަބްދުލް ޒުހައިރަކީ ސިވިލް ސާރވިސް ކޮމިޝަންގަވެސް ހަމަ ތިހެން މައިތިރި ނާރައިގެން ކަނޑާލަން އުޅުނީމަ ކެނޑުނު މީހެއް. ވަޒީފާގެ ކަންކަމުގެ އެނާގެ ފިރިމީހާ ވައްދައި މީހުންނަށް އިންޒާރުދީ އުޅޭ. އޭނަ ފިރިމީހާއަކީވެސް އޭސީީސީއިން ހަމަ ބަލާ ޖެހިގެން ކަނޑާލި މީހެއް. ފަހުން އެފްއެސްއެމް އިންވެސް ކަނޑާލީ. ކުރުގޮތަކަށް ބުނާނަމަ ހުވަދޫ ބަހުން ލީގަލް ދާއިރާއިން ކިޔަވައިގެން ތިބި “ހެލީގަލް” ދެ މީހުން ކަމަށް ބުނެ އުޅޭ.
18 ޖުލައި 2020 | ހޮނިހިރު 19:11
މަދުވާނެ ތިކަހަލަ ބޭފުޅެއް