ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 17:32
އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ބިދޭސީންގެ މައްސަލަ
ބޭރު މީހާ ގަވައިދަށް ގެނެއުމަށް ހުއްދައެއް ދޭންޖެހޭ، އުޅޭނެ ތަނެއްވެސް ދޭންޖެހޭ: ނަޝީދު
 
މައްސަލަ ހައްލުވާނީ ރާއްޖޭގައިކަމަށް ވިދާޅުވި
 
ބިދޭސީން ފޮނުވާލަން ދައްކާ ވާހަކަތަކަށް ރައްދުދެއްވި
 
ހައްލެއް އެއްވެސް ބަޔަކަށް ނުގެނެވޭ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއްދީ، އެ މީހުން އުޅޭނެ ތަނެއް ދޭންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބިދޭސީން އުޅޭނެ ތަނެއް ދޭން ޖެހޭ ކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެބްސައިޓުގައި''ބޭރު މީހުން''ގެ މައުޝޫގައި ލިޔުއްވާފައިވާ ލިޔުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ, ލިޔެކިޔުން ގެއްލުވާލާފައިވާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލައި، އެމީހުންގެ މައްސަލަ ހައްލު ކުރެވުނު އެއްވެސް ގައުމެއް ނެތް ކަމަށެވެ. ތަރައްގީ ވެފައިވާ ގައުމު ތަކަށްވެސް ޖެހެނީ އެމީހުންނަށް ތިބެވޭނެ ގޮތް ހަދައިދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔޫރަޕްގެ ގައުމުތަކުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ގައުމުތަކުން ފެންނަމުން ދިޔަ މަންޒަރަކީ އެ ގައުމުތަކަށް ހެޔޮއަގުގައި މަސައްކަތް ކުރުމަށް މީހުންގެނައި މިންވަރު އިތުވެރުވެ ދިޔަ މަންޒަރު ކަމަށެވެ.

އިނގިރޭސިން ބޭރު މީހުންގެ ކަންތައް ކޮންމެވެސް މިންވަރަކަށް ހައްލުކޮށްފައިއެވަނީ އެމީހުންގެ “ބޭރުކަން” ކަޑާލައިގެން. އެމީހުންނަށް އިނގިރޭސި ވިލާތުގައި ތިބެވޭނެ ގޮތް ހަދައިދީގެން. ދިރިއުޅޭނެ ތަނާއި އަދި ކުރާނެ މަސައްކަތް ދީގެންނެވެ. އެމީހުންގެ އާއިލާތަކަށް ރަގަޅު ދިރި އުޅުމެއް ހޯދައިދީގެންނެވެ. މި ބަދަލުތައް ވެދިޔައީ އިނގިރޭސި އިގްތިސާދަށްވެސް ނުހަނު ހެޔޮ އަސަރު ކުރި ބަދަލުތަކަށް. މިއަދުގެ އިގިރޭސި ދާހިލީ ވަޒީރަކީ އަދި މާލީ ވަޒީރަކީވެސް އިންޑިޔާ ދަރިކޮޅު މީހުން.
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ނަޒަރުގައި، ގަވާއިދާ ހިލާފަށް އުޅެމުންދާ ހުރިހާ އެންމެން ފޮނުވައެއް ނުލެވޭނެއެވެ. އަދި އެމީހުން ފޮނުވާލާނެ ކަމަށް ވިދާޅުވަނީނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައި ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހާ ގަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހޭ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހެއެވެ. އަޅުގަޑު ދެކޭގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއްނޫން
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ލިޔުން ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ވާހަކަތަކާއި ބައެއް ބޭފުޅުން ނުރުހިދާނެ ކަމަށެވެ. އެހެން ނަމަވެސް މީގެ ފަސް ދިހަ އަހަރުފަހުން ބިދޭސީންގެ މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
6%
0%
81%
3%
0%
ކޮމެންޓް
19 ޖުލައި 2020 | އާދީއްތަ 21:23
މަރިޔަމް
މީހަކު އަޅެ މޮޔަފަހެނުވާނެ މީނަަ އަކާހެދީ ނަސީދު ކަލޭ މޮޔަނޮގޮވާ މަޑުންހުރެބަލަ.
18 ޖުލައި 2020 | ހޮނިހިރު 21:40
ޟިގައުމުގަ ނޫނީ ކުށެއް ކުރީމަ އިނާމު ލިބޭ ގައުމެއް ނޯންނާނެ ދުނިޔޭގަ އެހެން އެއްވެސް ތަނެއްގަ😡
18 ޖުލައި 2020 | ހޮނިހިރު 21:39
އަހހޖޭ
މިއީ ކަމުދާމީ ހެއްނޫން. ދުވަ ހަކުވެސް ދެްން ވޯޓެއް ނުދޭނަން
18 ޖުލައި 2020 | ހޮނިހިރު 20:48
ވަހީދު
ބޭރުގެ ގައުމުތަކުގައި ބިމާއި ވަސީލަތްތައް އެބަހުރި. މިރާއްޖެ މިހާރުވެސް ގިރައިގެން ދަނީ.
18 ޖުލައި 2020 | ހޮނިހިރު 19:47
ކީ-ކޭ
ރާއްޖޭގައި ވެރިކަންކުރަން ގާބިލް މީހަކު ނެތް. ދެން އެޖެހުނީ ރައީސުލްޖުމްހޫރިއްޔާ އަށް ކޯޓާ ހަމަޖައްސައި ބޭރުމީހަކު ގެންނަންތަ؟
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ