ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 17:39
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް
ކަސްޓަމްސް
ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަސް
ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ ބަލައިގަންނާނެ ކަމެއް ނޫން: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް
 
އަމާނާތްތެރިކަމާއެކު، މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް، އިލްތިމާސްކުރެއްވި

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ ކަސްޓަމްސްއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ދެއްވި ޚާއްސަ ޚިޠާބުގައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް، އިލްތިމާސްކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ މި ޚިޠާބުގައި، ކޮވިޑް-19 އާ ގުޅިގެން އުފެދިފައިވާ ބިރުވެރިކަމާ އެކުވެސް ރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސްގެ އޮފިސަރުން ސާބިތުކަމާއެކު ކުރަމުން ގެންދާ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ.

ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ މުއައްސަސާގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ޢާއިލާތަކާ ވަކިން، އެކަހެރިވެ ތިބެ މަސައްކަތް ކުރި އޮފިސަރުންނަށާއި، ގޭގައި ތިބެގެން މަސައްކަތްކުރި އޮފިސަރުންނަށާއި، ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުން ބަލައި ފާސްކުރުމުގެ މަސައްކަތްކުރި އޮފިސަރުންގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވި ކަސްޓަމްސްގެ އޮފިސަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ