ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 16:35
ސައުތުކޮރެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ސައުތުކޮރެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
ދެކުނު ކޮރެޔާއިން ޓެސްޓު ކިޓް ހަދިޔާކުރުން
ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި
 
ރާއްޖެއަށް ބޭނުންވާ ކޮވިޑް ޓެސްޓް ކިޓްތައް ހޯދުމުގައި ބޭރު ގައުމުތަކާއި، ޖަމިއްޔާތަކުން އެހީވެދިން
 
ކޮރެއާ ސަރުކާރުގެ ދީލަތި އެހީއަށް ސަރުކާރުން ވަނީ ޝުކުރުއަދާކޮށްފައި
 
މި ޓެސްޓް ކިޓްތައް ބޭނުންކޮށްގެން 15،000 ޓެސްޓް ހެއްދޭނެ

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

މި ދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށް ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިންގެ އިތުރުން ކޮރެޔާގެ ހާރިޖީ ވަޒީރަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 (ފަނަރަ ހާސް) ކޮވިޑް-19 ޓެސްޓް ހެދޭނެއެވެ. ފޮރިން މިނިސްޓްރީން ބުނީ، މި ޓެސްޓު ކިޓްތައް ވެގެންދާނީ ކޮވިޑު އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމަކަށް ކަމަށެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮރެޔާއިން ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެއެޗްއޯއިން ވެސް ވަނީ އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި މި ދީލަތި އެހީތަކާއި ގުޅިގެން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ޓެސްޓް ކުރެވޭނެ މަގުފަހިވެ، ރާއްޖޭގެ ޓެސްޓިންގ ކެޕޭސިޓީ ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް