ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 14:01
ކަފުޖަހައިގެން ގެންދިޔަ ޑިންގީ ބަންޑުން ޖަހާލާފައި، މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަމުން
ކަފުޖަހައިގެން ގެންދިޔަ ޑިންގީ ބަންޑުން ޖަހާލާފައި، މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަމުން
އެމްއެންޑީއެފް
ޑިންގީއެއް ބަންޑުން ޖަހާލުން
ކަފުޖަހައިގެން ގެންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި
 
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ
 
މިހާރު ދަތުރު ކުރަމުންދަނީ އައްޑޫ ސިޓީ އަށް
 
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 1:16 ގައި

ކަފުޖަހައިގެން ގެންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް ސަދާން އެރިއާގެ ކޯސްޓްގަރޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ އަތޮޅުގެ އުތުރުން 16 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ''ބެސްޓް ލައިން'' ބޯޓު ގައި ކަފު ޖަހާފައި އޮތް 22 ފޫޓުގެ ޑިންގީއެއް މޫސުން ގޯސްވެ ބަންޑުން ޖަހާލައިގެން އަޑިއަށްދާތީ އެމްއެންޑީއެފްގެ ކޯސްޓްގަރޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 1:16 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީ އެމްއެންޑީއެފް ކޯސްޓްގަރޑްގެ އެހީތެރިކަމާއެކު ފެންމައްޗަށް ނަގައި ބޯޓުގައި ކަފު ޖަހައިދީފައިވާ ކަމަށެވެ.

މި ބޯޓު އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި