ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 09:16
އެމްއެންޑީއެފްގެ ކޯސްޓްގަރޑް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފްގެ ކޯސްޓްގަރޑް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
މަސްދޯންޏެއް އަޑިއަށް ދިއުން
މަސްދޯންޏެއް އަޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފި
 
އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ
 
ކަނޑުވީ 9 ފަޅުވެރިން
 
ފަޅުވެރިން ނެގި ދޯނި މިހާރު އަންނަނީ މާލެއަށް ދަތުރުކުރަމުން

މޫސުން ގޯސްވުމާ ގުޅިގެން މަސްދޯންޏެއް އަނޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ 9 މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު "ކަނޑުރޯދި-01" ނަމަކަށް ކިޔާ ދޯންޏެއް މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަޅުވެރިން ނަގާގެން ދޯނި ދަތުރު މާލެއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:33 ހާއިރު ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފަޅުވެރިން ނެގި ދޯނި ކައިރީގައި އެމްއެންޑީއެފުގެ ވެލާނާ ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް