ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 07:17
ކޮވިޑް-19 ޖެހިފައިވާ މީހެއް ހޮސްޕިޓަލަށް ޓްރާންސްޕަރ ކުރަނީ
ކޮވިޑް-19 ޖެހިފައިވާ މީހެއް ހޮސްޕިޓަލަށް ޓްރާންސްޕަރ ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ދުނިޔޭގެ ހާލަތު
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށް
ވައިރަސް ޖެހިގެން 597,679 މީހަކު ވަނީ މަރުވެފަ
މިހާތަނަށް ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު ވަނީ 8,405,570 ށް އަރާފަ
މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ އެމެރިކާއިން

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހުކުރު ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން 14,141,515 (ސާދަ މިލިއަން އެއްލައްކަ ސާޅީސް އެއްހާސް ފައްސަތޭކަ ފަނަރަ) މިލިއަން މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، ވައިރަސް ޖެހިގެން 597,679 (ފަސް ލައްކަ ނުވަދިހަ ހަތްހާސް ހަ ސަތޭކަ ހަތްދިހަ ނުވައެއް) މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު ވަނީ 8,405,570 (އަށް މިލިއަން ހަތަރުލައްކަ ފަސްހާސް ފައްސަތޭކަ ހަތްދިހަ) ށް އަރާފައެވެ.

މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓުކޮށްފައިވަނީ5,138,266( ފަސް މިލިއަން އެއްލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަސްދޮޅަށް ހައެއް) މީހުންނެވެ. މީގެ ތެރެއިން 99 އިންސައްތަ މީހުންގެ ހާލު ރަނގަޅުކަމަށް ރިޕޯޓުތަކުން ދައްކާއިރު 1 އިންސައްތަ މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް ދައްކައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ވެސް އަދި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 3,756,237 ( ތިން މިލިއަން ހަތް ލައްކަ ފަންސާސް ހަހާސް ދުއިސައްތަ ތިރީސް ހަތެއް) މިލިއަނަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 141,874 ( އެއްލައްކަ ސާޅީސް އެއްހާސް އަށް ސަތޭކަ ހަތްދިހަ ހަތަރެއް) ށް ވަނީ އަރާފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި 61,212 (ފަސްދޮޅަސް އެއްހާސް ދުއިސައްތަ ބާރަ) މީހުންނަށް ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި ބުރާސްފަތި ދުވަހު 73,388 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައި ވަނީ ބްރެޒިލްއިންނެވެ. ބްރެޒިލްއިން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 76,822ށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލްއިންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1,299 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު 43,829 މީހުންނަށް ބަލި ޖެހުނު ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާއިންނެވެ. މިހާތަނަށް އިންޑިއާއިން މިލިއަނަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 654,078 ( ހަ ލައްކަ ފަންސާސް ހަތަރު ހާސް ހަތްދިހަ އަށެއް) މީހުން ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ. އެ ގައުމުން މަރުވެގެން ރިޕޯޓްކޮށްފައިވާ އަދަދަކީ 26,285 އެކެވެ. އިންޑިއާގައި މިހާރު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 30،000 ކޭސް ރިޕޯޓުކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް