ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 21:46
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲ
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲ
ޔޫސުފް ސޮފްވާން ރަޝީދު
މިނިސްޓަރ އިމްރާން
މިނިސްޓަރ އިމްރާން ސިހުރު ނައްތާލުމަށް ރުޤްޔާ ކުރެއްވި؟!
 
މިކަމާއި ގުޅިގެން މިނިސްޓަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައި
 
މާފަންނު ސަހަރާ ކޮނެ ސިހުރު ހަދާފައިވާ ބައެއް ތަކެތި ނަގާފައިވާ ކަމަށް މައުލޫމާތު ލިބޭ
 
މިނިސްޓަރ ރުޤުޔާގެ އާޔަތްތަކެއް ކިޔަވާ ވިދާޅުވާ ވީޑިއޯއެއް ވަނީ އާންމުވެފައި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲގެ ހަށިކޮޅަށް އުނދަގޫތަކެއް ވުމާއި ގުޅިގެން ރުޤުޔާ ކުރައްވާ، ސިހުރު ނައްތާލުމަށް ސަހަރާކޮނެ މި ސިހުރާގުޅޭ އެއްޗެތި ތަކެއް ނެގިކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެންދަނީ މިނިސްޓަރ އިމްރާން މައިކަކުން ޤުރުޢާންގެ އާޔަތްތަކެއް ކިޔަވާ ވިދާޅުވަމުން ގެންދަވަނިކޮށެވެ.

މި ވީޑިއޯގައި މިނިސްޓަރ ޤުރުއާންގެ އާޔަތްތައް ކިިޔަވާ ވިދާޅުވަމުން ގެންދަވާއިރު ނޭވާލުމަށް އުނދަގޫތަކެއް ވަމުންދާތީ ކިޔެވުން ކުރިއަށް ނުގެންދެވިގެން އުޅުއްވާ މަންޒަރު ފެނިގެންދެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި މިނިސްޓަރ އިމްރާންއަށް އުނގަދޫތަކެއް ވަމުން ދިޔުމުގެ ސަބަބުން ވަނީ ރުޤުޔާ ކުރައްވަން ފައްޓަވާފައެވެ. އަދި ހުވަފެނުގައި ސިހުރު ހަދާފައިވާ ކަމަށް ފެނިވަޑައިގެން މާފަންނު ސަހަރާ ކޮނެ އެތަކެތި ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

މިހިނގާ ޖުލައި މަހުގެ ކުރީކޮޅު ދެ ނަމާދު ދޭތެރޭ ވަގުތުގައި ބަޔަކު ސަހަރާއަށް ވަދެ އެތަނުން ކޮނެގެން ނަގާފައިވާ ތަކެތީގެ ތެރޭގައި ލިޔެފައި ހުރި ފޮތިގަނޑަކާއި، އިންސާނާގެ ސޫރަ ކުރަހާ އޭގައި ލިޔެފައި ހުރި ލަކުޑިތަކަކާއި އަދި ލިޔެފައި ހުރި ފަތްތަކެއްވެސް ނަގާފައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރުގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީން ގުޅާލުމުން މިނިސްޓަރ ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މިނިސްޓަރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
14%
0%
73%
5%
5%
5%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ