ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 18:36
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
އައިޖީއެމްއެޗް
އައިޖީއެމްއެޗުން ހެދި ޕީސީއާރު ޓެސްޓްގެ އަދަދު ބައިލައްކައަށް!
 
ރާއްޖޭގައި ކޮވިޑަށް އެންމެ ފުރަތަމަ ޓެސްޓް ކުރަން ފަށާފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީން
 
އައިޖީއެމްއެޗް ލެބުން ހަދާ ޓެސްޓްތައް ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ މިންގަނޑަށް ފެތޭ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯޓްރީން ހެދި ޕީސީއާރު ޓެސްޓްގެ އަދަދު ބައިލައްކައަށް އަރައިފިއެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ހުކުރު ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލްގެ ލެބޯޓްރީން 50،000 ޕީސީއާރު ޓެސްޓް ހެދިފައިވާކަމަށެވެ.

މި ޓެސްޓް ތަކަކީ ކަރުތެރއިންނާއި ނޭފަތުން ނަގާސާމްޕަލްއަކުން ކުރީބައިގައި ވައިރަސް ހުރިކަން ދެނެގަނެވި ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކުރެވޭ ޓެސްޓެއް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

އައިޖީއެމްއެޗް އިން ކޮވިޑް-19އަށް ހަދަމުންދާ ޓެސްޓްތަކަށް ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން %100 ވަނީ ދީފައެވެ.

އައިޖީއެމްއެޗުން ބުނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭތޯ ހިންގި ޕްރޮގްރާމުގައި އެ ޖަމިއްޔާއިން ފޮނުވާފައިވާ ކާކުކަން ނޭންގޭ ސާމްޕަލްތަކެއް އައިޖީއެމްގެ ލެބުން ޓެސްޓްކޮށް ނަތީޖާ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ މިންގަނޑަށް ފެތޭކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން އެ ހޮސްޕިޓަލުން ހަދަމުންދާ ޓެސްޓް ތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޓެސްޓްތަކެއް ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ރާއްޖޭގައި ކޮވިޑަށް އެންމެ ފުރަތަމަ ޓެސްޓް ކުރަން ފަށާފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީގައެވެ.

އެ ހޮސްޕިޓަލުން ދަނީ ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ވެސް ކޮންމެ ދުވަހަކު އެތައް ހާސް ޓެސްޓް ތަކެއްގެ މަސައްކަތް އައިޖީއެމްއެޗްގެ ލެބޯޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި