ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 17:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މައުމޫން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މައުމޫން
ޓްވިޓަރ
ޤާނޫނުތައް އިސްލާހުކުރުމަށް އެމްއާރުއެމް އިން ގޮވާ
ވެފައިވާ ވައުދާ އެއްގޮތަށް ޤާނޫނުތައް އިސްލާހުކުރުމަށް އެމްއާރުއެމް އިން ގޮވާލައިފި
 
ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ބަދަލު ކުރެވިގެން
 
އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށް ވާނީ އެއްބަސްވެފައި

ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ޤާނޫނުތައް އިޞްލާޙު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޤާނޫނުތައް އަވަހަށް އިޞްލާޙު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމް.އާރް.އެމް) އިން ގޮވާލައިފިއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު މާލެ ސިޓީގައި ފުލުހުންގެ ހުއްދައާއެކު އެއްވެ އުޅެވޭނެ ވަކި ސަރަހައްދެއް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެކަމާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިޞްލާޙަކީ އެމް.އާރް.އެމް އިން ޤަބޫލުކުރާ އުޞޫލުތަކާ ޚިލާފު އަދި ޤާނޫނު އަސާސީއާއި ތަޢާރުޒުވާ އިސްލާހެއް ކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީން ދީފައިވާ ޙައްޤެއް އުނިކުރުމަށް ކޮށްފައިވާ ކަމެއްކަމަށް އެޕާޓީން ދެކޭކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން، މިކަމާ ދެކޮޅަށް އޭރުވެސް އެމްއާރުއެމުން ވާނީ ފާޅުގައި ވަކާލާތު ކޮށްފައިކަމަށާއި ހަމައެއާއެކު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަކަމީވެސް ރައްޔިތުން ދަންނަ ހަޤީޤަތެއް ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

އެންމެން ކުރި އިޞްލާޙީ މަސައްކަތުގައި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިޞްލާޙު ކުރުމަށް ވާނީ އެއްބަސްވެފައި ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ވާނީ އެއްބަސްވެފައި ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

މިކަން މިހެން އޮތް ނަމަވެސް މިއަދު ފެނިގެން މިދަނީ އެންމެން ތާއީދު ކޮށްގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިޢުލާނުން ކުރީގައި ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވި ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ހަނިކުރެވިގެންދާ މަންޒަރު ކަމަށާއި މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުޞަތު ލިބިގެން މިދަނީ، ޤާނޫނުތައް ހެދުމާއި، ޤާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާ ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

މިކަމަކީ އަދުގެ ސަރުކާރުގައި ހިމެނިވަޑައިންނަވާ ބޭފުޅުންވެސް، މިއީ ޤާނޫނުއަސާސީގެ ވަރަށް މުހިންމު މާއްދާއަކާ ކަނޑައެޅިގެން ޚިލާފުވާކަމަކަށްވާތީ،މިކަމާ ދެކޮޅަށް ބަސްވިދާޅުވެ،ވަކާލާތު ކުރައްވާފައިވާ ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ބަދަލުކުރެވި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރެވި،ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ 'ވަގުތީ' ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބުދަ ދުވަހުގެރޭ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދެން ޖެހޭއިރު އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެޅިފައިވާ ހުރަސްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް، ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި