ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 16:14
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ގެޓީ އިމޭޖަސް
ބާސާގެ ހާލަތު ބަދަލުވުން
ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން މިހާލަތުން އަރައިގަންނަން ޖެހޭ: މެސީ
ބާސާގެ ކުޅުންތެރިންގެ އިތުރުން ބޯޑު މެމްބަރުން ވަނީ ސިޔާސީ އޮއިވަރުގައި ޖެހިފައި
މި ސީޒަނުގެ ސްޕެނިޝް ކަޕުން ބާސާ ކަޓާފައިވާއިރު، ބާސާއާ ވާދަވެރި ރެއާލުން ވަނީ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައި

ބާސެލޯނާއަށް މިއީ ދަތި ދުވަސްތަކެއް ކަމަށާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން މިހާލަތުން އަރައިގަންނަން ޖެހޭ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނީ ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.

މެސީ ބުނީ ބާސާއަކީ މިހާރު ބަލި ޓީމަކަށް ވެފައިވާ ކަމަށާއި، ކޮންމެ ޓީމަކަށްވެސް މި ހާލަތުގައި ބާސާ ބަލިކުރުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ބްރޭކަށްފަހު ބާސާ އަތުން ގެއްލިގެން ނުވާނެ ގިނަ ޕޮއިންޓުތަކެއް ގެއްލިފައިވާ ކަމަށާއި، މި ވަގުތު ބާސާ އޮތީ އޮވެގެން ނުވާނެ ހިސާބެއްގައި ކަމަށެވެ.

ބާސާގެ ކުޅުންތެރިންގެ އިތުރުން ބޯޑު މެމްބަރުން ވަނީ ސިޔާސީ އޮއިވަރުގައި ޖެހިފައި ކަމަށް ރިޕޯޓުތައް ބުނާއިރު، މެސީ ބުނީ ކުޅުންތެރިންނާއި ބޯޑާއި އަދި ކޯޗިންގ ސްޓާފުން މެދުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންނަމަ މި މައްސަލަތައް ހައްލު ކުރަން ޖެހޭނެ ކަމަށްވެސް މެސީ ބުންޏެވެ.

މި ސީޒަނުގެ ސްޕެނިޝް ކަޕުން ބާސާ ކަޓާފައިވާއިރު، ބާސާއާ ވާދަވެރި ރެއާލުން ވަނީ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ. އެހެންވެ ބާސާއަށް މި ސީޒަނުގައި ބާކީ ކާމިޔާބު ކުރެވެން އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ނާޕޮލީ އާއި ބަސާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ. ދެވަނަ ލެގުގެ މެޗު ބާސާގެ ދަނޑުގައި ކުޅޭނީ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް