ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 13:16
އިސްލާމީ މަރުކަޒު، މިއަދު ހުކުރު ޚުތުބާގެ މައުޟޫއަކީ \'\'އިންސާނީ ވަގުފާރި-ޒަމާނީ އަޅުވެތިކަން\'\'
އިސްލާމީ މަރުކަޒު، މިއަދު ހުކުރު ޚުތުބާގެ މައުޟޫއަކީ ''އިންސާނީ ވަގުފާރި-ޒަމާނީ އަޅުވެތިކަން''
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ފާހިޝް އަމަލުތަކުން މުޖްތަމައު ވީރާނާވެދާނެ ކަމުގެ އިންޒާރު ހުކުރު ޚުތުބާގައި ދީފި
 
މިފަދަ ކަންކަމުން ދުރުވާން ޖެހޭ
 
އެތައް އިންސާނަކަށް އަނިޔާ ލިބި އަބާއްޖަވެރިވެފައިވޭ
 
ފާހިޝް އަމަލުތަކުގެ ސަބަބުން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ރަސޫލާ ދެއްވާފައިވޭ

އިންސާނީ ވަގުފާރީގެ ސަބަބުން ފާހިޝް އަމަލުތައް ގިނަވެ މުޖްތަމައުތައް ވީރާނާ ކޮށްލާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް އިންސާނީ ވަގުފާރި-ޒަމާނީ އަޅުވެތިކަން މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ވަގުފާރީގެ ސަބަބުން މުޖްތަމައުގައި ގިނަ ފާހިޝް އަމަލުތަކަށް މަގުފަހިގެންދާ ކަމަށެވެ. އަދި ފާހިޝް އަމަލުތަކުގެ ސަބަބުން އިސްލާމީ މުޖުތަމައުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު މިއުންމަތުގެ ރަސޫލާ ދެއްވާފައިވާ ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ގޮސްފައި ވަނީ، ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށާއި، އުއްމަތްތައް ހަލާކުވެ، ފަނާވެގެން ގޮސްފައި ވަނީ، ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ވެއްޓި، އެބައިމީހުންގެ ލަގަން ޝަހުވަތްތަކަށް ދޫކޮށްލުމުން ކަމަށެވެ.

ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި މާނައިގައިވަނީ "ބަދުއަޚްލާޤީ، ފާޙިޝް ޢަމަލުތައް ބައެއްގެ ތެރޭގައި ފާޅުވެ، ހާމަގޮތެއްގައި އެކަންތައް ކުރަންފަށައިފި ނަމަ، އެބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރޭގައި ނުވާ ޠާމޫނާއި، ވޭންދެނިވި ބޮޑެތި ބަލިތައް، އެ ބައެއްގެ ތެރޭގައި ފެތުރިދާނެތެވެ."
ހުކުރު ޚުތުބާ

އިންސާނުންގެ ވަގުފާރީއަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން މުޅި އިންސާނިއްޔަތަށް އަދި އިޖްތިމާއީ ބޮޑެތި މުސީބާތްތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، އެތައް އިންސާނަކަށް އަނިޔާ ލިބި އަބާއްޖަވެރިވެފައިވާ ކަމަށެވެ.

ޚުުތުބާގައި ބުނީ ރަނގަޅު މުސާރައެއް ދޭނެ ކަމަށް ހައްލައިގެން އެތައް ލައްކަ މީހުން، އަމިއްލަ ވަތަން ދޫކޮށް އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވައިލުމެއްގެ ތެރޭގައި ކަމަށާއި، މި ބިރުވެރި ނާމާން ދަތުރުގެ ތެރޭގައި އެތައް ހާސްބަޔަކު މާސިންގާ ކަނޑަށް ޣަރަޤުވެގެން، މަރުވެފައިވާ ކަމަށެވެ.

މީގެ ތެރެއިން ގިނަ ބަޔަކު، ވަގުފާރިވެރީންގެ މަކަރުވެރި ދަލުގައި ޖެހި، ޝިކާރައަކަށް ވެފައިވާ ކަމަށާއި، ގޭގައި މަސައްކަތްކުރުމުގެ ނަމުގައި ގައުމުތަކަށް ގެންދާ އަންހެނުން ލައްވައި ވެސް ހަށި ވިއްކުމާއި، ޖިންސީ ފަތުރުވެރިކަމުގެ މަސައްކަތް ކުރުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގެ އުސޫލުތަކަށް ބަލާއިރު އިންސާނާގެ ކަރާމާތާއި، އިންސާނިއްޔަތާ ފުށުއަރާ އެންމެހައި އަމަލުތަކަކީ އިސްލާމްދީން މަނާ ކުރާ ކަންތައްތަކެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭތަކުން އެމީހުންނާމެދު އިހުމާލުވެ، އެ މީހުންމީހުންގެ ހައްގުތައް ނުދޭނަމަ، އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި، ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ ދުންޔަވީ މިފަދަ ކޮންމެ ކަމެއްގައި އަދުލުވެރިވުމާއި، އިޙްސާންތެރި ވުމުގެ މަތިވެރި ހިފެހެއްޓުމަށް ގޮވާލާ ދީން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ތަފާތު އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސް، އެ މީސްމީހުން ލައްވާ މަސައްކަތް ކުރުވާ އިރު، އެ މީހުންގެ އިންސާނީ ހައްގުތަކުގެ މަތީން ހަނދާން ކުރަން ޖެހޭ ކަމަށާއި އެމީހުންނަށް ކާންބޯން ދިނުމާއި، ނިދުމާއި، ބޭސް ފަރުވާކުރެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ރިވެތި ގޮތުގައި އެ މީހުންނާ މުއާމަލާތްކޮށް، އެމީހުންނަށް މުސާރަ ދިނުމަކީ ވެސް އެމީހުން ގެނައި ބަޔެއްގެ ޒިންމާއެއް ކަމަށާއި، ވަޒީފާ ތަކަށް ގެންނަ މީހުންގެ ވިސާގެ ކަންތައް ހަމަޖައްސައިދިނުމާއި، ވޯކްޕާމިޓް ހައްދައި ދިނުމަކީ ވެސްއެމީހުން ގެންނަބަޔެއްގެ ޒިންމާއެއް ކަމަށެވެ. އެ އަސާސީ ހައްގުތައް އަދާކުރުމަކީ ދީނީ އަދި ދުންޔަވީ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ އަހުލާގިއްޔާތާއި، އިންސާނީ ކަރާމަތް މަނާކުރާ، ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭއިރު މިފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ