ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:35
އައްޑޫއިން ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ބިދޭސީން
އައްޑޫއިން ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ބިދޭސީން
މޯލްޑިވިއަން
ބިދޭސީން ގައުމަށް ފޮނުވާލުން
ބަންގްލަދޭޝްގެ 135 މީހުން ގޮވައިގެން ގަމުން ޑާކާ އަށް ފްލައިޓެއް
 
ލޮކްޑައުން ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައި

ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި ތިބި ބަންގްލަދޭޝްގެ 135 މީހަކު ފުރުވާލައިފިއެވެ.

މި މީހުން ފުރުވާލާފައިވަނީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. މި ފްލައިޓް ދަތުރު ކުރާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށެވެ. މިއީ އައްޑޫ ސިޓީން ބިދޭސީން ގެންދިޔަ ފުރަތަމަ ފްލައިޓެވެ.

މި ލޮކްޑައުން ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 2000ށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ. ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ.

މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލިހުގައި، އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ.

ބިދޭސީން ލައްވާ މަސައްކަތް ކުރުވައި އެ މީހުންނަށް މުސާރަ ނުދޭ މައްސަލަތައް ވެސް އަންނަނީ މި ފަހަކަށް އައިސް އިތުރުވަމުންނެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީން ބައެއް މުޒާހަރާތައް ކޮށްފައިވާއިރު، މިފަހުން ހިނގި މުޒާހަރާތަކުގައި ބައެއް ހަމަނުޖެހުން ހިނގާފައިވެއެވެ.

މި މުޒާހަރާތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން މަޖިލިހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި މެމްބަރުން ވެސް ވަނީ މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
33%
0%
0%
0%
67%
ކޮމެންޓް