ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:26
ރަށެއްގައި ހައްދާފައިވާ ކިއުކަންބާ ވެލެއް، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށް ކައުންސިލުން ބުނޭ
ރަށެއްގައި ހައްދާފައިވާ ކިއުކަންބާ ވެލެއް، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށް ކައުންސިލުން ބުނޭ
އައްޑޫ މީދޫ ކޯޕްރޭޓިވް
ކޮނޑޭގެ ދަނޑުވެރިކަން
ކޮނޑޭގައި ދަނޑުވެރިކަން ނުކުރާ ދަނޑުތައް ބާތިލް ކުރުމަށް ނިންމައިފި
 
ދަނޑު ހެއްދުމަށް އެއްމަސްދުވަހުގެ މުއްދަތެއް ވަނީ ދީފައި
 
ދަނޑުބިމަށް އެދޭ ފަރާތްތަކަށް ދަނޑު ދޫކުރުމުގައި ދަތިވަމުންދޭ
 
ދަނޑުބިން ސަރަހައްދުން ދޫކޮށްފައިވާ ދަނޑުބިން ތަކުގެ ތެރެއިން ގިނަ ދަނޑު ބިން ތަކުގައި މަސައްކަތެއް ނުކުރޭ

ގއ. ކޮނޑޭގައި ދަނޑުވެރިކަން ނުކުރާ ދަނޑުތައް ބާތިލް ކުރުމަށް އެ ރަށުގެ ކައުންސިލުން ނިންމައިފިއެވެ.

ކޮނޑޭ ކައުންސިލުން ބުނީ ދަނޑުބިން ސަރަހައްދުން ދޫކޮށްފައިވާ ދަނޑުތަކުގެ ތެރެއިން ގިނަ ދަނޑު ބިން ތަކުގައި މަސައްކަތް ނުކޮށް ދަނޑުބިންތައް ދޫކޮށްލާފައި ހުރުމުން، ދަނޑު ބިމަށް އެދޭ ފަރާތްތަކަށް ދަނޑު ދޫކުރުމުގައި ދަތިވަމުންދާ ކަމަށެވެ.

ކޮނޑޭ ކައުންސިލުން ބުނީ ދަނޑުވެރިކަމަށް ޝައުގުވެރިވެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ދަނޑުބިންތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ، ދަނޑުވެރިކަމަށް ޝައުގުވެރިވެ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދޭން ބޭނުންވާ ކަމަށެވެ.

އެގޮތުން ދަނޑު ބިން ދޫކުރި ފަހުން 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ދަނޑު ބިންތަކުގެ ތެރެއިން ދަނޑުވެރިކަން ނުކޮށް 6 މަސް ދުވަސް ފާއިތުވެފައިވާ ދަނޑު ބިންތަކުގައި ދަނޑުވެރިކަން ފެށުމަށް 1 މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ނުފަށާ ދަނޑުބިންތައް ބާތިލް ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ދަނޑުބިން ދޫކުރިފަހުން 1 އަހަރު ދުވަސް ހަމަވެފައިވާ ދަނޑުބިންތަކުގެ ތެރެއިން ދަނޑުވެރިކަން ނުކޮށް 6 މަސް ދުވަސް ފާއިތުވެފައިވާ ދަނޑުބިމުގައި ދަނޑުވެރިކަން ފެށުމަށް މި މަހުގެ 15 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް