ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 11:58
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައިވޭ
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައިވޭ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި
 
ހުރިހާ ފަރާތުތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވޭ
 
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ
 
ވައިޓް އެލަރޓް ނެރިފައިވަނީ ހެނދުނު 11:20 ން ހަވީރު 16:00 ށް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވަނީ ހެނދުނު 11:20ން ހަވީރު 16:00 ށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ގުގުރުން އެކަށީގެން ވާ ކަމަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ހުރިހާ ފަރާތުތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް