ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:07
މޭލެ ސިޓީގެ ޖިމެއް، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރަށްތަކުގައި ޖިމްތައް ގާއިމުކުރަމުން
މޭލެ ސިޓީގެ ޖިމެއް، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރަށްތަކުގައި ޖިމްތައް ގާއިމުކުރަމުން
ފިޒިކަލް ފިޓްނަސް ސެންޓަރު
އައުޓްޑޯ ޖިމްގެ މަސައްކަތް
ޔޫތް މިނިސްޓްރީން 32 ރަށެއްގައި އައުޓްޑޯރ ޖިމް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
 
ސައިޓް ތައްޔާރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ
 
އައުޓްޑޯރ ޖިމްގެ ތަކެތި މާލެއިން ރަށްރަށަށް ގެންދަން ޖެހޭ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން 32 ރަށެއްގައި އައުޓްޑޯރ ޖިމްގެ ސައިޓް ތައްޔާރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ 32 ރަށެއްގައި އައުޓްޑޯރ ޖިމްގެ ތަކެތި މާލެއިން ރަށްރަށަށް ގެންގޮސް ސައިޓް ތައްޔާރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ މީހުން މައުލޫމާތު ސާފުކުރުމަށްފަހު އެދި ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި[email protected]އަދި[email protected]އަށް ކުންފުނީގެ (އަމިއްލަ ފަރާތެއް ނަމަ އެ ބޭފުޅެއްގެ) ނަމާއި ބޭނުންކުރާ މެއިލް އެޑްރެސް އަކާއި އަދި ގުޅޭނެ ނަންބަރެއް ހިމެނޭ ގޮތަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ "ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް" ގެ ދަށުން ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޖިމްތައް ގާއިމު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
67%
0%
17%
17%
0%
ކޮމެންޓް