ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:03
ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުން ހަމަޔަކަށް އަޅުވަން ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ބިދޭސީން ގެންނަ ކުންފުނިތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން ގޮވާލައިފި
 
ބިދޭސީން މަސައްކަތްތެރިންނަށް އުޖޫރަ ނުދޭ މައްސަލަ އިންތިހާ އަށް ބޮޑު
 
ހައްގުތަކަށް ވަކަލާތު ކުރާނަން: އެމްއާރްސީ
 
ކާރިސާތަކުގައި އެންމެ ހާލުގައި ޖެހެނީ ބިދޭސީން

ރާއްޖެ އަށް ބިދޭސީން ގެންނަ ކުންފުނިތަކުން އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން މޯލްޑިވިއަން ރެޑް ކްރެސެންޓުން ގޮވާލައިފިއެވެ.

ބިދޭސީން ގެންނަ ކުންފުނިތަކުން ޒިންމާދާރުވާން އެމްއާރްސީން ގޮވާލީ، ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ.

އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތާއި، ކުރިމަތިލާން މަޖުބޫރުވެފައިވާ ކަންތައްތަކަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން އަބަދު ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގައުމު ދޫކޮށް އެތައް ފައިސާ އެއް ހަރަދު ކޮށްފައި ރާއްޖެ އަށް މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް ދޭން ޖެހޭ އުޖޫރަ ނުދޭ މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. އެ މީހުން ރާއްޖެ ގެންނަ ގިނަ ބައެއް ކުންފުނިތަކަަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

މުޖުތަމައުގައި ވަރަށް ބައިވަރު އެތަކެއް މުހިންމު މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ތަރައްގީ އަށް ގިނަގުނަ އެތައް ކަންތައްތަކެއް ކޮށްދެމުން ގެންދާ މި މަސައްކަތްތެރިންނަކީ އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ ވަރަށް މުހިންމު ބައެއް
މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ބަޔާން

މި ފަހަކަށް އައިސް ބިދޭސީންނަށް މުސާރަ ނުދީގެން ހިންގަމުންދާ ހަމަނުޖެހުންތަކާއި، ފުލުުހުންނާ ކުރިމަތިލާލުން ތަކަކީ، އެމްއާރްސީން ސިފަކުރާ ގޮތުގައި، އެތަކެއް އަހަރުތަކެއް މަތިން ހައްލުނުވެ ހުރި މައްސަލަތައް ކުރިއަށްވުރެ ބޮޑަށްފެންމަތިވެ، ބިދޭސީން ތަހައްމަލު ކުރަމުން އަންނަ އިޖްތިމާއީ އަދި އިގްތިސާދީ އުނދަގޫތައް ދައްކުވައިދޭ ކަމެއްގެ ގޮތުގައެވެ.

ބިދޭސީ މުވައްޒަފެއް ބަސްތާ އުފުލަނީ

އެމްއާރްސީގެ ބަޔާނުގައި ބުނީ، ބިދޭސީ މަސައްކަތްތެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ ވީހާވެސް އަވަހަށް ހައްލެއް ކޮންމެހެން ބޭނުންވެފައިވާ ކަންކަން ކަމަށެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި އަސާސީ ގިނަ ހައްގުތަކެއް އިތުރުން ގަވާއިދުން އުޖޫރަ ލިބުން ހިމެނޭ ކަމަށެވެ. އަސާސީ ހައްގުތައް ހިމާޔަތް ނުވުމުގެ ސަބަބުން އެ ދިރިއުޅުމުގެ ހާލަތު ކުރިޔަށްވުރެ ބޮޑަށް ނާޒުކުވެ ބިކަވެގެންދާ ކަމަށް އެމްއާރްސީން ބުންޏެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކުރުމުގައި މި މަސައްކަތްތެރިންނަށް ވަޒީފާދޭ ކުންފުނިތަކުން މަސްއޫލިއްޔަތު އަދާ ކުރުމާއި، މިހާރަށް ވުރެ ޒިންމާދާރުވުމަކީ މުހިންމު ކަމެއް. ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމުގެ ޒިންމާއާއި މައްސޫލިއްޔަތު ބުރަވަނީ މި ކުންފުނިތަކުގެ މައްޗަށް.
މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ބަޔާން

އެ ޖަމިއްޔާއިން ބުނީ، ދިމާވާ ކާރިސާތަކުގައި އެހެނިހެން މީހުންނާއި އަޅާ ބަލާއިރު އެންމެ ބޮޑަށް ހިތާމަ ތަހައްމަލު ކުރަން ޖެހޭ ބަޔަކީ ބިދޭސީން ކަމަށެވެ. އެއީ މޫސުމީ ބަދަލާއި ހެދި ދިމާވާ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތަކުގެ އިތުރުންވެސް ކޮވިޑް19 ގެ ބަލިމަޑުކަމަށްވިޔަސް ބިދޭސީ މަސައްކަތްތެރިން މިކަންކަމުން އަރައިގަންނަން ކުރިމަތިލާންޖެހޭ އުނދަގޫތަކާއި ދަތިތައް ގިނަ ކަމަށެވެ.

ބިދޭސީންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒާއި ތަފާތުކުރުންތައް އިންތިހާއަށް ގިނަވެގެންދާ ދުވަސްވަރެއް ކަމަށްވާތީވެ، މުޖުތަމައުތައް މިހާރަށް ވުރެ ބޮޑަށް އެކަކު އަނެކަކާއި މެދު އޮންނަ އިޖުތިމާއީ ގުޅުން ހަރުދަނާކޮށް، ހުރިހާ އެންމެންގެވެސް ބައިވެރިވެގެން މަސައްކަތް ކުރުމަށް އެމްއާރްސީން ބާރުއަޅައެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކަށް އެމްއާރްސީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް