ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 22:08
ލުއިތަކާ ގުޅިގެން ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން
ލުއިތަކާ ގުޅިގެން ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން
އެޑިޝަން.އެމްވީ
ކޮވިޑް-19އަށް ޕޮޒިޓިވްވުން
އިތުރު 68 މީހަކު ކޮވިޑް-19ށް ރާއްޖެއިން ޕޮޒިޓިވްވެއްޖެ
47 ދިވެހިން ޕޮޒިޓިވްވެފައިވޭ
މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 2899 މީހުން
އެކްޓިވް ކޭސްގެ ގޮތުގައި 530 ކޭސްއެއް ރިޕޯޓް ކުރެވިފައިވާ އިރު 2339 މީހަކު ވަނީ ބަލިން ފަސޭހަވެފައިވޭ

އިތުރު 68 މީހަކު ކޮވިޑް-19ށް ރާއްޖެއިން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 47 ދިވެހިންނެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކު، ނޭޕާލްގެ އެކަކު، ތިން ފިލިޕީންސް ރައްޔިތުން އަދި ސްރީލަންކާއަށް ނިސްބަވްތާ ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 2899 މީހުންނެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 530 ކޭސްއެއް ރިޕޯޓް ކުރެވިފައިވާ އިރު 2339 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭންފެށި ފަހުން ގިނަ އަދަދެއްގެ ދިވެހިން ދަނީ ޕޮޒިޓިވްވަމުންނެވެ.

- ކޮމެންޓް