ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 15:24
އެތުލެޓިކްސް އެސޯސިއޭޝަނުގެ މިހާރުގެ ރައީސް މިޙައްމަދު ތޮލާލާއި ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) އެކުގައި
އެތުލެޓިކްސް އެސޯސިއޭޝަނުގެ މިހާރުގެ ރައީސް މިޙައްމަދު ތޮލާލާއި ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) އެކުގައި
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު
އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު މި މަހުގެ 29 ގައި
އިންތިޚާބީ ޖަލްސާ ބާއްވާނީ އެޗްޕީއޭއިން ކަޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަލިބެ ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރާއްޖެ.އެމްވީއާ ވާހަކަދައްކަވަމުން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އިންތިޚާބީ ޖަލްސާ މި މަހުގެ 29 ވަނަ ދުވަހު ބާއްވާނީ ކުޅިވަރާ ބެހޭ ވުޒާރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާ އާއި އިންތިޚާބީ ޖަލްސާ ބާއްވާ ތަނާއި ވަގުތު ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ މަގާމުތަކަކީ ރައީސް އާއި، ނައިބު ރައީސް އާއި، ހަޒާންދާރާއި، ހިންގާ ކޮމިޓީގެ އިތުރު ތިން މެންބަރުންގެ އިތުރަށް ހިންގާ ކޮމިޓީގެ އަންހެން މެންބަރެވެ. އެ އެސޯސިއޭޝަނުން މިހާރު ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12 އާ ހަމަޔަށް ހުޅުވާލާފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ. އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ވެސް ވަނީ ވާދަކުރާނެކަމަށް ބުނެފައެވެ. ރާއްޖެ.އެމްވީއާ ވާހަކަދައްކަވަމުން މިހާރުގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނަށް ފުރަތަމަ އިންތިޚާބީ އަލިބެ ވަނީ 2008-2012 ށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭގެ ފަހުން އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމު މިހާތަނަށް ފުރުއްވަމުން އަންނަނީ ތޮލާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް