ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 13:48
ރާއްޖޭގައި ހިންގާ ރިސޯޓެއް: 40 ރިސޯޓެއްގެ އޮޕަރޭޝަން ވަނީ ފަށާފައި
ރާއްޖޭގައި ހިންގާ ރިސޯޓެއް: 40 ރިސޯޓެއްގެ އޮޕަރޭޝަން ވަނީ ފަށާފައި
ބުކިންގ.ކޮމް
ކޮވިޑަށްފަހު ބޯޑަރު ހުޅުވާލުން
ބޯޑަރު ހުޅުވާލިއިރު އޮޕަރޭޓް ކުރަން ފަށާފައިވަނީ 40 ރިސޯޓު
 
ބޯޑަރު ހުޅުވާލިއިރު ފަތުރުވެރިންގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީފައިވޭ
 
އޮކްޓޯބަރު މަހު ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވެދާނެ ކަމަށް ބެލެވޭ
 
އިތުރު ރިސޯޓުތައް ހުޅުވަން ނިންމާފައިވަނީ ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި

ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބުދަ ދުވަހު ހުޅުވާލިއިރު، އޮޕަރޭޝަންތައް ފަށާފައިވަނީ 40 ރިސޯޓުގައެވެ.

ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެއަށް 104 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ އޮތީ ފަތުރުވެރިންނަށް މަރުހަބާ ކިޔަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން އިތުރު ބައި މިލިޔަން ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވަނީ، ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެންމެ އިސްކަމެއް ދީފައިވަނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ރާއްޖެ ހެދުމަށް ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ވުޒާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

އަދި ރާއްޖޭގެ "ވަން އައިލެންޑް، ވަން ރިސޯޓް" ޓޫރިޒަމް ޕްރޮޑަކްޓަކީ، ދަތުރުފަތުރުގެ އައު ގޮތްތަކެއް ދުނިޔެ ހޯދަމުން އަންނަ ދަނޑިވަޅެއްގައި ފަތުރުވެރިންނަން ކަމުދާނެ ކަމެއް ބަޔާނުގައިވެއެވެ.

އެންމެ 40 ރިސޯޓު މިހާތަނަށް ހުޅުވާލި ނަމަވެސް، ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު ގިނަ ރިސޯޓުތަކެއް ހުޅުވާނެއެވެ. އަދި އޮކްޓޫބަރު މަހު ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
71%
0%
14%
14%
0%
ކޮމެންޓް