ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 12:21
އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން
އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ރިކޯޑު ހެދުމުގެ ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ
އާސެނަލް އަތުން ލިވަޕޫލް ބަލިވީ 2-1 ން
މި ނަތީޖާއާއެކު ލިވަޕޫލަށް 100 ޕޮއިންޓް ހަމަކުރަން އޮތް ފުރުސަތު ވަނީ ގެއްލިފައި

އާސެނަލް އަތުން ބަލިވެ ޗެމްޕިއަން ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރިކޯޑު ގާއިމުކުރަން އޮތް ފުރުސަތު ގެއްލިއްޖެއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިވީ އާސެނަލް އަތުން 2-1 ންނެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިވި ތިންވަނަ މެޗެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް 100 ޕޮއިންޓް ހަމަކުރަން އޮތް ފުރުސަތު ގެއްލުނުއިރު، މީގެ ކުރިން 2017-2018 ވަނަ އަހަރުގެ ސީޒަނުގައި މެންޗެސްޓާ ސިޓީން ވަނީ 100 ޕޮއިންޓު ހަމަކޮށް ރިކޯޑު ހަދާފައެވެ.

އާސެނަލްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެންޑްރޫ ރޮބަޓްސަން ދިން ޕާހަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ސަޑިއޯ މާނޭއެވެ.

އެކަމަކު ލިވަޕޫލްގެ ކުޅުންތެރިން ހެދި ގޯސްތަކެއްގެ ފައިދާ ނަގާ އާސެނަލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ހެދި ގޯހެއްގެ ފައިދާ ނަގާ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓްއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާ ނަގާ އާސެނަލަށް ލީޑު ނަގައިދިނީ ރީސް ނެލްސަންއެވެ.

މެޗުގެ ދެވަނަ ހާފު ލިވަޕޫލުން ޑޮމިނޭޓުކުރި ނަމަވެސް، އާސެނަލުން ވަނީ މި ހާފުގައި ރަނގަޅަށް ޑިފެންސްކޮށް ލިވަޕޫލް ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތީ 36 މެޗުން 93 ޕޮއިންޓާއެކުއެވެ. ބުދަ ދުވަހުގެރޭ ވަނީ 2-1 ން ބޯންމަތު ބަލިކުރި މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 36 މެޗުން 75 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލް އަތުން މޮޅުވި އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 36 މެޗުން 53 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް