ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 08:26
ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދިޔަ މަސައްކަތްތައް ރައީސް ސޯލިހު ގެންދެވީ ވަރަށް ގާތުން ބައްލަވަމުން
ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދިޔަ މަސައްކަތްތައް ރައީސް ސޯލިހު ގެންދެވީ ވަރަށް ގާތުން ބައްލަވަމުން
ރައީސް އޮފީސް
ޑީއާރްޕީގެ ތައުރީފް ރައީސް ސޯލިހަށް
ރައީސް ސޯލިހަކީ ހީރޯއެއް: ޑީއާރްޕީ
 
ބޯޑަރު ބަންދުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 27 ގައި
 
ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 212 މީހުން
 
ބޯޑަރު އެންމެ އަވަހަށް ހުޅުވާލާ އިގުތިސާދު ހުޅުވާލި ގައުމަކަށް ރާއްޖެ ވުމަކީ ފަހުރެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިރޯއެއްގެ ގޮތުގައި ސިފަކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ވަރަށް ބޮޑަށް އެމަނިކުފާނަށް ތައުރީފް ކޮށްފިއެވެ.

ޑީއާރްޕީން ބުނީ ކޮވިޑް19 ގެ ފުރަބަންދަށް ފަހު ބޯޑަރު އެންމެ އަވަހަށް ހުޅުވާލާ އިގުތިސާދު ހުޅުވާލި ގައުމަކަށް ރާއްޖެ ވުމަކީ ފަހުރެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށް، އެ ޕާޓީގެ މެސެޖުގައި ރައީސް ސޯލިހަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހު ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް 102 މީހަކު އައިސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު އެއަރލައިންތަކުން ދަތުރުތައް ފެށުމުން މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަހަރު ނިމުމުގެ ކުރިން އިތުރު ފަސް ލައްކައެއްހާ ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 27 ގައެވެ. ބޯޑަރު ބަންދުކުރިތާ 110 ދިހަ ދުވަސް ފަހުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި 15 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
75%
0%
8%
0%
8%
ކޮމެންޓް