ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 08:33
ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އައި ފުރަތަމަ ފްލައިޓުން ބަޔަކު ފައިބަނީ
ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އައި ފުރަތަމަ ފްލައިޓުން ބަޔަކު ފައިބަނީ
ޓޫރިޒަމް މިނިސްޓްރީ
ހެލްތް ޑިކްލަރޭޝަން ފޯމު ފުރުން
ހެލްތް ޑިކްލަރޭޝަން ފޯމު އޮންލައިން ފްލެޓްފޯމަކުން ފުރޭނެ ގޮތް ހަދަނީ
 
ބޭނުންވަނީ އެންމެފަހުގެ ސިއްހީ މައުލޫމާތު
 
ގައިޑްލައިންގައި ތަފާތު ސިނާރިއޯގައި ކަންކުރާނެ ގޮތްތައް ވެސް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވޭ
 
މުވައްޒަފުން އަމަލުކުރަންވީ ގޮތުގެ އެސްއޯޕީތައް ތައްޔާރު ކުރެވި ހިއްސާކުރެވިފައިވޭ

ރާއްޖެއަށް ދަތުރުކުރާ މީހުންނާއި، ފުރާ މީހުންގެ ހެލްތް ޑިކްލަރޭޝަން ފޯމު އޮންލައިން ފްލެޓްފޯމަކުން ފުރޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވާއިރު، މުވައްޒަފުން އަމަލުކުރަންވީ ގޮތުގެ އެސްއޯޕީތައް ތައްޔާރު ކުރެވި ހިއްސާކުރެވިފައިވާ ކަމަށެވެ.

އެސްއޯޕީތަކަށް އަލިއަޅުއްވާލައްވާ ޑރ.އަފްޒަލް ވިދާޅުވީ އެއާޕޯޓު އަދި ސީޕޯޓެއްގެ ތެރޭގައި ހިމެނޭ ހުރިހާ އޭރިއާއަކުން ވަކިވަކިން ކޮންމެ އޭރިޔާއަކުން، ކޮންމެ ސެކްޓަރއަކުން ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮބައިކަން ގައިޑްލައިންގައި ހިމަނާފައިވާ ކަމަށެވެ. އަދި މި ގައިޑްލައިންގައި ތަފާތު ސިނާރިއޯގައި ކަންކުރާނެ ގޮތްތައް ވެސް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ހެލްތް ޑިކްލަރޭޝަން ފޯމަކީ ރާއްޖެއަށް އެތެރެވާ އަދި ރާއްޖެއިން ފުރާ ހުރިހާ އެންމެނަށް ވެސް ފުރަން ލާޒިމް އެއްޗެއް ކަމަށެވެ. އަދި މިހާރު ޑިކްލަރޭޝަން ފޯމް ވަކިން ފޯމެއްގެ ގޮތުގައި ފުރައިގެން ހުށަހެޅި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އޮންލައިން ފްލެޓް ފޯމެއްގައި އެކަން ކުރެވޭ ގޮތް ހަމަޖައްސާނެ ކަމަށާއި، އެ މަސައްކަތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މިސާލަކަށް ރާއްޖެއަށް އެތެރެވާ ޕަސެންޖަރއަށް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް ބެލުމުގެ ގޮތުން އެސްރީނިންއެއް ކުރެވޭ ނަމަ އެކަން ކުރެވޭނެ ގޮތުގެ މައުލޫމާތުތަކާއި ކުޑަ ގޮތަކަށް ބުނާ ނަމަ ރާއްޖެއަށް އެތެރޭވާ ހުރިހާ އެންމެން ވެސް ފުރަތަމަ ކަމަށް އަޅުގަނޑުމެން ސްކްރީން ވެސް ކުރާނެ. އޭގެ އިތުރުން ރާޢްޖެއަށް އައުމުގެ ކުރިން އޮންލައިންކޮށް އަޅުގަނޑުމެންގެ ހެލްތް ޑިކްލަރޭޝަން ފޯމެއް ފިލް ކުރާ ގޮތަށް އަޅުގަނޑުމެން މިހާރު ހަމަޖައްސާފައިވާނީ. އޮންލައިން ފްލެޓްފޯމް އަދި އެއްކޮށް ރެޑީނުވާތީވެ އަދި މިހާތަނަށް އެކަން ކުރާނީ ޑިކްލަރޭޝަން ފޯމް ވަކިން ފޯމެއްގެ ގޮތުގައި ފުރައިގެން.
ޑރ. އިބްރާހީމް އަފްޒަލް

އޮންލައިން ހެލްތް ޑިކްލަރޭޝަން ފޯމް ވަރަށް އަވަހަށް ތައާރަފް ކުރާނެކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ ފުރުމުގެ 24 ގަޑިއިރު ކުރިން އެ ފޯމް ފުރަންޖެހޭ ކަމަށާއި، ބޭނުންވަނީ އެމީހެއްގެ ސިއްހީ ހާލުގެ އެންމެ ފަހުގެ މައުލޫމާތު ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އޮންލައިން ފްލެޓް ފޯމް ހުޅުވެގެން ދާއިރު އޭގައި ތަފާތު ބަހުރުވައިން ފޯމް ފިލް ކުރެވޭ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ދިވެހިންނަށް ދިވެހި ބަހުން ވެސް ފޯމް ހުށަހެޅޭނެކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ އެއްވެސް ފަތުރުވެރިއެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވާ ކަމަށެވެ. ބަލީގެ އަލާމާތްތައް ފެންނަ ފަތުރުވެރިން ވަގުތުން އެކަހެރިކޮށް، އެއަރޕޯޓުގައި ބައިތިއްބައިގެން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް