ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 00:11
މަސް ކެނޑުމުގެ މަސައްކަތް ކުރިއަށްދަނީ
މަސް ކެނޑުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުން
މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނީ ދަރަންޏަށް ފައިސާ ނެގިގެން: މިފްކޯ
 
ވަސީލަތްތައް އިތުރުވުމުން މިފްކޯގެ ހަރަދުތައް ކުޑަވެ، ފައިދާ އިތުރު ކުރެވޭނެ: ފައުޒީ
 
ޖޫން މަހާ ހަމައަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވާނީ ދައްކާ ނިންމާފައި
 
މަސްވެރިންނަށް ދޭންޖެހޭ 22 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފައުޒީ ވިދާޅުވި

މަސްވެރިން ބާނާ މަސް ކިރުމަށް ފަހު ވަގުތުން ފައިސާ ދެވޭނީ ދަރަންޏަށް ފައިސާ ނެގޭނެ އިންތިޒާމެއް ހަމެޖެހިގެން ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަޖިލިހަށް ހުށައަޅާފައިވާ ޕެޓިޝަނާ ގުޅިގެން ބުދަ ދުވަހު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި، ފައުޒީ ވަނީ މިފްކޯއަށް ކިރާ މަހަށް ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާފައެވެ. އަދި މިހެން ދިމާވަނީ، މިފްކޯގެ ކޭޝްފްލޯގައި މައްސަލަތަކެއް ހުރުމުން ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ ކޭޝްފްލޯއަށް ދިމާވާ މައްސަލަތައް ތަފްސީލުކޮށްދެއްވަމުން، ފައުޒީ ވިދާޅުވީ މިއީ ދުނިޔޭގެ މަހުގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެންނާއި މިފްކޯގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން އަދި ކުންފުންޏަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި ގުޅިގެން ދިމާވާ މައްސަލައެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް އަލިއަަޅުއްވާލައްވަމުން ފައުޒީ ވިދާޅުވި ގޮތުގައި، ނިމިދިޔަ އަހަރަކީ ކަޅުބިލަމަހުގެ އަގުތައް އިންތިހާއަށް ދަށަށް ދިޔަ އަހަރެކެވެ. ދުނިޔޭގެ ބާޒާރުގައި ކަޅުބިލަމަހުގެ މެޓްރިކްޓަނެއްގެ އަގު 800 ޑޮލަރަށް މިދިޔަ އަހަރު ދަށަށް ދިޔައެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ މަހުގެ އަގުހުރީ މެޓްރިކްޓަނެއް 1250 ޑޮލަރަށް ކަމަށާއި މިއީވެސް، މިފްކޯއަށް ގެއްލުންވާ އަގެއް ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވި ގޮތުގައި، މިފްކޯއިން ކުރާ ހަރަދާ އެއްވަރަށް ފައިސާ ލިބޭނީ މެޓްރިކްޓަނަކަށް 1860 ޑޮލަރު ލިބިގެންނެވެ. އަދި މި އަގު މިފްކޯއަށް ކުޑަކުރެވޭނީ މިހާރު ހުރި ވަސީލަތްތައް އިތުރުކޮށްގެން ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުވެ، އެއްފަހަރާ ކިރޭ މިންވަރާއި ގަނޑުކޮށް ރައްކާކުރެވޭ މިންވަރު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް ނުދީ 22 މިލިއަން ރުފިޔާ، ދަރަނި ނެގުމުގައި ދަތިތަކެއް

މީގެ ކުރިން މިފްކޯއިން ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދައުލަތުގެ ކުންފުނިތަކަށް ޑޮލަރު ވިއްކައިގެން އެޑްވާންސް ފައިސާ ނެގިނަމަވެސް، މިހާރު އެކަން އެހެން ނުކުރެވޭ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މިހެން ދިމާވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނީގެ ދަށަށް ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާ ލިބުމުގެ ހުރި ދަތިތަކާއި ގުޅިގެން މަސްވެރިންނަށް ނުދެވި 22 މިލިއަން ރުފިޔާގެ ފައިސާ ހުރި ނަމަވެސް، މިފްކޯއިން ބޭނުން ވެގެން ދަރަންޏަށް ފައިސާ ނެގުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އޮކްޓޫބަރު މަހުގެ ކުރިން ކުންފުނީގެ ބައެއް ދަރަނިތައް ޙަލާސްކޮށް ނިމުމުން، އޯވަރޑްރާފްޓަށް ފައިސާ ނެގޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެކެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ގާނޫނު އިސްލާހުކޮށް، ޒަމާނާ އެއްހަމަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
50%
25%
0%
0%
ކޮމެންޓް