ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 07:02
ޒިންޒީ އަވަހާރަވީ އުމުރުފުޅުން 59 އަހަރުގައި
ޒިންޒީ އަވަހާރަވީ އުމުރުފުޅުން 59 އަހަރުގައި
ގެޓީ އިމޭޖަސް
ޒިންޒީ މަންޑޭލާ އަވަހާރަވުން
މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ އަވަހާރަވެއްޖެ
އަވަހާރަވީ އުމުރުފުޅުން 59 އަހަރުގައި

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ މަންޑޭލާ އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވީ އުމުރުފުޅުން 59 އަހަރުގައެވެ. ސައުތު އެފްރިކާގެ ދައުލަތުގެ ޗެނަލުން ބުނީ، 2015 ވަނަ އަހަރުން ފެށިގެން ސައުތް އެފްރިކާއިން ޑެންމަކަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމު އަދާކުރެއްވަމުން ގެންދެވި ޒިންޒީ އަވަހާރަވީ އާދިއްތަ ދުވަހު ކަމަށެވެ.

ޒިންޒީ އަވަހާރަވީ ޖޯހަނެސްބާގްގެ ހޮސްޕިޓަލެއްގައި ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރެއެވެ.

މަންޑޭލާ އާއިލާގެ ފަރާތުން، ދި މަންޑޭލާ ލެގަސީ ފައުންޑޭޝަނުން ބުނި، ޒިންޒީގެ ޖަނާޒާގެ ކަންތައްތައް މި ހަފްތާ ތެރޭގައި ބާއްވާނެ ކަމަށެވެ.

ޒިންޒީ އަކީ ނެލްސަން މަންޑޭލާ އާއި ވިނީ މަންޑޭލާ އަށް ލިބިވަޑައިގެންނެވި ތިން އަންހެން ކަނބަލުން ތެރެއިން ތިން ވަނަ އަށް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

ޒިންޒީގެ ބައްޕާފުޅު، ނެލްސަން މަންޑޭލާ އަވަހާރާވީ 2013 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް