ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 11:51
ހދ ކޭލަކުނު
ހދ ކޭލަކުނު
ރާއްޖެ އެމްވީ
ކޭލަކުނު ބެލެހެއްޓުން
ހދ. ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ
މިރަށް ބަލަހައްޓަން ދޫކުރަނީ 6 މަސް ދުވަހުގެ މުއްދަތަށް
ބީލަންތައް ހުޅުވުން އޮންނާނީ ޖުލައި 23 ގައި

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތް ކޮށްފައިވާ ހދ. ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ހދ އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ހުޅުވާލެވިފައި ވަނީ، އާންމު ފަރުދުންނަށާއި ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށާއި އަދި ހދ. އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، ޖުލައި 09ން ފެށިގެން ޖުލައި 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ކަމަށް ކައުންސިލުން ބުނެއެވެ.

އަދިހދ. ކޭލަކުނު ބެލެހެއްޓުމާ ބެހޭ އެންމެހާއި ލިޔެކިއުންތައް،www.haadhaal.gov.mvއިން 09 ޖުލައިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ހދ އަތޮޅު ކައުންސިލުން ބުނެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައިކަމަށް ހދ އަތޮޅު ކައުންސިލުން ބުނެއެވެ.

ހދ ކޭލަކުނަކީ ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ ރަށެކެވެ. މި ރަށް ޙަވާލު ކުރެވެނީ 06 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި ރަށަކީ ވަގުތީ ގޮތުން ބެލެހެއްޓުމަށް ހދ އަތޮޅު ކައުންސިލަށް ޙަވާލުކޮށްފައިވާ ރަށަކަށްވާތީ، ސަރުކާރު ބޭނުމަށް ރަށް ސަރުކާރަށް ނަގަން ނިންމައިފިނަމަ އެކަން ރަށް ޙަވާލުކުރާ ފަރާތަށް އެންގޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މިރަށް ވަގުތީ ގޮތުން ބަލަހައްޓަން ހަވާލުވާ ފަރާތަކުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހައްދަވާފައިވާ ފަޅު ރަށްރަށާ ބެހޭ ޤަވާޢިދާ އެއްގޮތަށް ރަށް ބަލަހައްޓަން ޖެހޭނެއެވެ. އަދި ރޯދަރު، ލަކުޑިއަށް ހިމެނޭ ބާވަތްތަކުގެ ގަސް އަދި ރުއް ކެނޑުމަކީ މަނާކަމެއް ކަމަށާއި ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި، ނެގުމާއި އަދި ވިއްކުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ. އަދި ރަށުގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ކޮއްގެން ނުވާނެ ކަމަށާއި ރަށުގެ މަގުތަކާއި، މީހުން އުޅޭ ސަރަޙައްދު ސާފުކޮށް ބަލަހައްޓަންވާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މީގެއިތުރުން ރަށް ބަލަހައްޓާ ފަރާތުގެ ހުއްދަ ނެތި ރަށަށް އަރާފަރާތްތަކުގެ މަޢުލޫމާތު އަދި ހުއްދަނޫން ކަންކަން ކުރަން އުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލަށް އަންގަންވާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ. ރަށް ޙަވާލުވާ ފަރާތުން އެ ރަށުގައި އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތުގެ މަޢުލޫމާތު ހދ. އަތޮޅު ކައުންސިލަށް ރިޕޯޓް ކުރަންޖެހޭނެ ކަމަށާއި ރަށަށް އަރާ ފަރާތްތަކާއި އަރާ ބޭނުން ރިކޯޑް ބަލަހައްޓާ ކައުންސިލަށް ފޮނުވަންވާނެ ކަމަށް މިކަމާއި ގުޅިގެން ކައުންސިލުން ކޮށްފައިވާ އިއުލާންގައި އިތުރަށް ތަފްސީލު ކޮށްދީފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. މި ވައުދުގެ ދަށުން ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖެއްސެވީ 25 ޑިސެމްބަރު 2018 ގައެވެ.

- ކޮމެންޓް
12 ޖުލައި 2020 | އާދީއްތަ 16:25
ގަދަރު
ތިގޮތައް ވަގުތީގޮތުން ބެލުމައް ކުލި ދައްކަން ޖެހޭ ގޮތައް އޮތުމަކީ ވަރައް އަނިޔާވެރި ކަމެއް މިހާރުވެސް އަތޮޅު ކައުންސިލް ތަކުން ތިޒާތު ކަން ކަން ކޮއް އެތައް ބަޔަކައް އަނިޔާ ލިބިފަ ވަނީ ލާމަރުކަޒީ އޮތީ ހަސަނައް އޮޑި ދިންހެން ދީފ