ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 22:08
ދިރާގު ޓީވީ ޕޯސްޓަރު
ދިރާގު
ދިރާގު
އެންމެ މަޤުބޫލު ސްޓަރ ޗެނަލްތައް ދިރާގު ޓީވީއަށް!
ސްޓަރ އިންޑިޔާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް މިހާރު ބެލޭނެ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ޗެނަލްތައް ކަމަށްވާ "ސްޓަރ"ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.

ހުކުރު ދުވަހުން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ސްޓަރ އިންޑިއާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ.

އޭގެ ތެރޭގައި ސްޓަރ ޕްލަސް، ސްޓަރ ގޯލްޑް، ސްޓަރ ބާރަތް، ސްޓަރ ޖަލްޝާ، ސްޓަރ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.

ސްޓަރ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯވ ތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓަރ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށެވެ.

އަދި ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ސްޓަރ ޕްލަސް އަދި ސްޓަރ ބާރަތްގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓަރ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ.

ސްޓަރ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހްމޫދް ދަސަރ ވިދާޅުވި ގޮތުގައި ދިރާގު ޓީވީއަށް ސްޓަރ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެކެވެ.

ސަބަބަކީ ސްޓަރގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޗެނަލްތަކަކަށްވެފައި، ސްޓަރ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާ ގުޅުމުން ދިރާގުޓީވީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްޤީ ވާނެކަމަށް ގަބޫލުކުރެވޭތީއެވެ.

މަހުމޫދު އިތުރަށް ވިދާޅުވި ގޮތުގައި، މި ކޮލާބޮރޭޝަންގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ސްޓަރ އިންޑިއާގެ ސްޕޯކްސްޕާސަން ވިދާޅުވިގޮތުގައި ދިރާގުޓީވީ އާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓަރ ގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓަރ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓަރ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެ ކަމަށެވެ. 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ޚިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ.

އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ.

މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ

- ކޮމެންޓް