ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 19:01
ޤައުމީ ޓީމާއި ލަންކާގެ ޓީމަކާ ދެމެދު ކުޅެވުނު ކްރިކެޓް މެޗުގެ ތެރެއިން
ޤައުމީ ޓީމާއި ލަންކާގެ ޓީމަކާ ދެމެދު ކުޅެވުނު ކްރިކެޓް މެޗުގެ ތެރެއިން
ފޭސްބުކް
ކްރިކެޓް
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
ތިން މެޗުންވެސް މޮޅުވީ ރާއްޖެ
ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވޭ
ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދިވެހިޓީމުގެ ފަރާތުން ފެނުނު

ރާއްޖެ އައިސް އުޅޭ ސްރީލަންކާގެ ކްރިކް ސްރީލަންކާ ޓީމާއި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާ ދެމެދު ކުޅެވުނު ރަހުމަތްތެރިކަމުގެ ތިން މެޗު ވެސް ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.

 

ރަހުމަތްތެރިކަމުގެ ތިން މެޗު ކުޅެވުނު އިރު، އޭގެ ތެރެއިން އެއް މެޗަކީ ޓީ-20 ގެ މެޗެކެވެ. ދެން ކުޅެފައިވަނީ 50 އޯވަރުގެ ދެމެޗެވެ.

 

އާދިއްތަ ދުވަހު މި ދެ ޓީމުގެ މެދުގައި ކުޅުނު 50 އޯވާރުގެ މެޗުގެ ރާއްޖޭ ޓީމުން ކާމިޔާބުކޮށްފައި ވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން ލަންކާގެ ޓީމުގެ މައްޗަށް ރާއްޖޭން ކާމިޔާބު ހޯދީ 266 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

 

މުޅި މެޗުގައި ރާއްޖޭ ޓީމުން ވަނީ ނުވަ ކުޅުންތެރިން ނުބައިވިއިރު، 318 ލަނޑުންނެވެ. ލަންކާ ޓީމަށް ދިހަ ކުޅުންތެރިން ނުބައިވެގެން ހެނދުނީ އެންމެ 52  ލަނޑެވެ.

 

މި މެޗުގައި ރާއްޖޭގެ ޝަފްރާޒް ޖަލީލް ވަނީ 176  ލަނޑު ހަދައިދީފައެވެ. އެގޮތުން 21  ފަހަރު ހަތަރަކަށް ޖަހައި ފަސް ފަހަރު ހަޔަކަށް ޖަހާފައިވެއެވެ.

 

މި މެޗުގައި ރާއްޖޭގެ މުހައްމަދު ޝާފީ ވަނީ ހަތަރު ވިކެޓް ނަގައިފައެވެ.

 

މިމަހުގެ 8 ވަނަ ދުވަހު ކުޅުނު 50 އޯވަރުގެ މެޗުގައި ސްރީލާންކާގެ ޓީމުގެ މައްޗަށް ރާއްޖޭގެ ގައުމީ ޓީމުން ކުރި ހޯދީ 46 ލަނޑުންނެވެ.

 

މިމެޗުގައި ރާއްޖޭގެ10  ކުޅުންތެރިން ނުބައިވެގެން 193 ލަނޑު ހެދިއިރު، ލަންކާ ޓީމުގެ 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ.

 

މިމަހުގެ ހަތްވަނަ ދުވަހު ކުޅުނު ޓީ-20 މެޗުގައި ރާއްޖެއިން ކާމިޔާބުކުރީ 152 ލަނޑު ހަދައިގެންނެވެ. ލަންކާ ޓީމަށް ހެދުނީ 10 ކުޅުންތެރިން ނުބައިވެގެން 147 ލަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް