ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 08:06
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަ ދައްކަވަނީ
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަ ދައްކަވަނީ
އެންއީއޯސީ
ނޮޅިވަރަމްއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހާ
ނޮޅިވަރަމްގައި ޕޮޒިޓިވްވި މީހާ އަކީ އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ މީހެއް: ޑރ.ނަޒްލާ
އައިޖީއެމްއެޗްގައި 23 ޖޫންގައި ސަރޖަރީއެއް ހަދާފައިވޭ
ހޮސްޕިޓަލުން ދޫކޮށްލީ 26 ޖޫންގައި
5 މީހެއް ކަރަންޓީންއަށް ގެންގޮސްފައިވޭ

ހދ. ނޮޅިވަރަމްގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ މީހެއް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ނޮޅިވަރަމްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަކީ އައިޖީއެމްއެޗްގައި 23 ޖޫންގައި ސަރޖަރީއެއް ހަދާ އަދި 26 ޖޫންގައި ދޫކޮށްލާފައިވާ މީހެއް ކަމަށެވެ.

އެމީހާ ދަތުރު ކޮށްފައިވަނީ ހުއްދަ ލިބިގެންކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ފުރުމުގެ ކުރިން ޖުލައި 3 ވަނަ ދުވަހު މަގުމަތިން ރެމްޑަމް ސާމްޕަލެއް ނެގި ކަމަށެވެ. އަދި ކޮވިޑް-19ށް ޕޮޒިޓިވްވި ނަތިޖާ ލިބުނީ ބުރާސްފަތި ދުވަހުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 5 މީހެއް ކަރަންޓީން ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

- ކޮމެންޓް