ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރައްވާނެކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ޕޮމްޕިއޯ މިހެން ވިދާޅުވީ ހޯމަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ދެބޭފުޅުން ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާގައެވެ.
ދެބޭފުޅުން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމާއި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރައްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމު ދެމެދުގައި ގުޅުން ބަދަހިކިރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް 30 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް ވެސް މީގެ ކުރިން ވަނީ ނިންމާފައެވެ.