ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 16:12
"ބާހްބަލީ 2"ގެ މަންޒަރެއް
"ބާހްބަލީ 2"ގެ މަންޒަރެއް
ގޫގުލް
ބާހްބަލީ 2
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
"ބާހްބަލީ2" ބެލި މީހުންގެ އަދަދު ވަނީ 100 މިލއަނަށްވުރެ ގިނައިން އަރާފައި

ބޮލީވުޑްގެ ފިލްމުތަކުގެ ތެރއިން މިއަހަރުގައި ނިކުންނާނެ އެންމެ ބޮޑު ފިލްމު ކަމަށް ބެލެވޭ ފިލްމު "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެއްޖެއެވެ.

އޮންލައިންކޮށް "ބާހްބަލީ 2" ބެލި މީހުންގެ އަދަދު ވަނީ 100 މިލއަނަށް ވުރެ މައްޗަށް އަރާފައެވެ. 

މި ފިލްމް އިންޑިއާގެ 6,500 ސިނަމާއެއްގައި ދައްކާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މާޗް މަހުގެ މެދެއްހާ ހިސާބުގައި ރިލީޒްކޮށްފައިވާ މި ޓްރެއިލާއަށް އެތަށް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. 2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" ވެސް ވަނީ ކާމިޔާބު މޮޅުފިލްމެކެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

ފިލްމް "ބާހްބަލީ" ގެ ތިން ވަނަ ބައެއް އުފެއްދުމުގެ ހިޔާލު ވެސް ގެންގުޅެމުން އަންނަ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވަނީ ބުނެފައެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ރިލީޒްކުރާނެއެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.

އާދަޔާހިލާފު މޮޅު ވިޝުއެލް އިފެކްޓްސް އާއި ތަރިންގެ މޮޅު އެކްޓިންއާ އެކު ގެނެސް ދީފައިވާ "ބާހްބަލީ" ގެ ދެވަނަ ބަޔަކާ އެކު ފިލްމުގެ ވާހަކަ ނިމުމަކަށް އަންނާނެ ކަމަށް ރާޖަމޯލީ ބުންޏެވެ. ރާޖަމޯލީ ޓްވިޓާގއި ބުނެފައި ވަނީ ތިންވަނަ ބައި ހަދާއިރު ދެވަނަ ބައިގެ ވާހަކަ ދިގުދެމެން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި "ބާހްބަލީ"ގެ ތިން ވަނަ ބައި އަންނާނީ މުޅިން އާފެށުމަކާ އެކީގައެވެ.

ރާޖަމޯލީ ބުނީ ތިން ވަނަ ބައި ވެގެން ދާނީ އިންޑިއާގެ ސިނަމާ އިން ބެލުންތެރިން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ކަންތައްތަކެއް ގެނެސް ދޭނެ ފިލްމަކަމަށެވެ.

"ބާހްބަލީ 2" ރިލީޒްކުރަން ހަމަ ޖެހިފައިވަނީ އޭޕްރީލް 28 ގައެވެ.

 

- ކޮމެންޓް