ކޮވިޑް-19 ޖެހިގެން 77 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މަރުވީ އޭނާއަށް ފަރުވާދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ (ޑީއެޗް-11) ގައެވެ. އޭނާ އަކީ މީގެ ދެ ދުވަސް ކުރިން ކޮވިޑް ޖެހިގެން މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާއެެވެ.
މިއަދުގެ މަރާއި އެކު މިހާތަނަށް ކޮވިޑް-19 ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް ހަ ދިވެހިން ވަނީ މަރުވެފައެވެ. އަދި ފަސް ބިދޭސީން މަރުވެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 2435 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު ޖުމްލަ 2030 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 390 އެވެ.