ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 21:17
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
ބިދޭސީންގެ މައްސަލަ
ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ވާރކް ވިސާ އޮވެގެން: މޭޔަރު ޝިފާ
ރިސޯޓު ހަދާށާއި ކޮންސްޓްރަކްޝަން ބޮޑެތި ޕްރޮޖެކްޓް ތަކަށް މީހުން ގެނެސް މުސާރަ ނުދީ ގެންގުޅޭ
މުސާރަ ނުދީ މާލެ ތެރެއަށް ދޫކުރާތާ އެތައް އަހަރުތަކެއް ވަނީ ވެފައި
މިއީ ހައްލު ކުރަންޖެހިފައިވާ ބޮޑު މައްސަލައެއް

ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ވާރކް ވިސާ އޮވެގެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޝިފާ ވިދާޅުވީ ރިސޯޓު ހެދުމަށާއި ކޮންސްޓްރަކްޝަން ބޮޑެތި ޕްރޮޖެކްޓް ތަކަށް މީހުން ގެނެސް މުސާރަ ނުދީ ގެންގުޅޭ ކަމަށެވެ. އަދި އެމީހުންނަށް މުސާރަ ނުދީ މާލެ ތެރެއަށް ދޫކުރާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މިއީ ހައްލު ކުރަންޖެހިފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޝިފާ ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ވާރކް ވިސާ އޮވެގެން ކަމަށެވެ.

ބޮޑެތި ޕްރޮޖެކްޓް ތަކަށް މީހުން ގެނެސް މުސާރަ ނުދީ މާލެ ތެރެއަށް ދޫކުރާތާ އެތައް އަހަރުތަކެއް ވެފައިވާކަން ޝިފާ ފާހަގަކުރައްވާފައިވަނީ ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ހަމަނުޖެހުންތަކެއް ހިންގާފައިވަނި ކޮށެވެ.

މި ހަމަނުޖެހުމުގައި ހަދަމުންދިޔަ ރިސޯޓަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ދީފައެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

- ކޮމެންޓް