ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 19:01
ސިޓީގެ ފޯވާޑް ފޯވާޑް ލެރޯއި ސާނޭ: ބަޔާނުން އޭނާ ގަތުމަށް 60 މިލިއަން ޔޫރޯ ޚަރަދުކުރާނެ
ސިޓީގެ ފޯވާޑް ފޯވާޑް ލެރޯއި ސާނޭ: ބަޔާނުން އޭނާ ގަތުމަށް 60 މިލިއަން ޔޫރޯ ޚަރަދުކުރާނެ
ގެޓީ އިމޭޖަސް
ސާނޭ ބަޔާނަށް ބަދަލުވުން
ސާނޭ ބަޔާނަށް ބަދަލުވުމާ ގާތަށް
ސިޓީގެ އެއްބަސްވުން އާކުރަން ސާނޭ ބޭނުމެއް ނުވޭ
ސާނޭ ގަތުމަށް ބަޔާނުން 60 މިލިއަން ޔޫރޯ ޚަރަދުކުރާނެ

މެންޗެސްޓާ ސިޓީގެ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ ބަޔާން މިއުނިކަށް ބަދަލުވާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ސާނޭ ހޯދުމަށް ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ސާނޭ ގަތުމަށް 60 މިލިއަން ޔޫރޯ ބަޔާނުން ޚަރަދު ކުރާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ބަޔާނުން ސާނޭ ގަތުމަށް އެންމެ ފުރަތަމަ ދައްކާނީ 49 މިލިއަން ޔޫރޯއެވެ. އަދި ފަހުން ބޯނަހުގެ ގޮތުގައި އިތުރު 11 މިލިއަން ޔޫރޯ ދިނުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ސިޓީގެ އެއްބަސްވުން އާކުރަން ސާނޭ ބޭނުންނުވާ ކަމަށް ބުނެފައެވެ. ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ސާނޭ އެޓީމު ދޫކޮށްލަން ބޭނުން ވެފައިވާއިރު، އޭނާގެ ނިންމުން އޮޅުން ފިލުވަން ސިޓީން މީގެ ކުރިންވެސް ވަނީ އެދިފައެވެ.

ޝާލްކާއިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިއަރު ފެށި ސާނޭ ވަނީ، އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބު ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 135 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ލީގު ކަޕް ދެ ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑު ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް