ކ. މާލެ
|
1 ޖުލައި 2020 | ބުދަ 21:07
ބުދަ ދުވަހު މަޖިލިސް އިދާރާގައި ބޭއްވި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުން
ބުދަ ދުވަހު މަޖިލިސް އިދާރާގައި ބޭއްވި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުން
މަޖިލިސް
ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލަ
ސަފާރީ ކޭސް: ތުހުމަތު ކުރެވޭ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް
ފުލުހުންގެ އަމާޒަކީ ކުށް ސާބިތުކުރުން

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަނގުރަލަށް ޓެސްޓުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެ ދެމީހުން އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނުން ބަނގުރަލަށް ޓެސްޓުކޮށްފައި ނުވަނީ ސީންއަށް ދިޔަ އޮފިސަރުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފާހަގަކޮށް، ރެކޯޑުކުރެވިފައި ނުވާތީ ކަމަށެވެ.

އެ ވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަށް އެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑު ކުރެވިފައެއް ނެތް. އެކަމާ ގުޅިގެން އެ ނަޒަރުން ކަމެއް ކުރެވިފައެއް ނެތް
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެމީހުން ބަނގުރަލަށް ޓެސްޓުނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނިންމުންތައް ދިފާއުކޮށް ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.

ތުހުމަތު ކުރެވޭ ދެ މީހުން އެހާ އަވަހަށް ދޫވުމާއި ގުޅިގެން ފާޑުކިއުންތަކެއް އަމާޒުވެފައި ވާއިރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު (ހުޅުމާލޭ ފުލުހުންގެ ހެޑް) ވިދާޅުވީ ފުލުހުންގެ އަމާޒަކީ ކުށް ސާބިތުކުރުން ކަމަށެވެ.

އެގޮތުން ފުލުހުން ހުރިހާ މައްސަލަތަކުގައި ވެސް މަސައްކަތްކުރާނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު މައްސަލަ ސާބިތުނުވެ ދޫކޮށްލުމަށް ވުރެ، ދޫކޮށްލާފައި ބަހައްޓައިގެން ނަމަވެސް މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހޯދުން ކަމަށެވެ.

- ކޮމެންޓް