ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 04:37
މާލޭ ލީގުގައި މާޒިޔާ ދެކޮޅަށް ނިޒާމްބެ ކުޅެނީ
މާލޭ ލީގުގައި މާޒިޔާ ދެކޮޅަށް ނިޒާމްބެ ކުޅެނީ
ގޫގުލް
ނިޒާމްބެއަށް އަނިޔާވުން
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
އަނިޔާއިން ރަނގަޅުވުމަށް ތިން ހަފްތާވަރު ނަގާނެ
ނިޒާމްބެ ނެތުމަކީ ދެރައެއް، އެކަމަކު އެތަން ފޫބައްދާނެ

މާލޭ ލީގުގައި ކުރިއަށް ގްރީންސްޓްރީޓަށް މުހިއްމު މެޗެއް އޮއްވާ އެޓީމުގެ ކުރިއަށް ކުޅެމުން އަންނަ މުޙައްމަދު ނިޒާމް (ނިޒާމްބެ) އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

 

ނިޒާމްބެއަށް އަނިޔާވެފައި ވަނީ ހޮނިހިރު ދުވަހު ދެވަނަ ޑިވިޝަނުގެ ދަގޭންގް ކުލަބާއިއެކު ގްރީން ސްޓްރީޓް އިން ކުޅުނު ޕްރެކްޓިސް މެޗެއްގައެވެ.

 

މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން 4 ޕޮއިންޓް ހޯދާފައިވާ ގްރީންސްޓްރީޓް ކުޅުނު ހުރިހާ މެޗެއްގައި ވެސް ނިޒާމްބެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއްފެނިފައެވެ.

 

އޭޝިއަން ކަޕު ކޮލިފިކޭޝަންގައި ފަލަސްތީނު މެޗަށް ނެގި ދިވެހި ޓީމުގެ ޕުރިލިމިނަރީ ސުކޮޑްގައި ހިމެނިފައިވާ ނިޒާމްބެއަށް އަނިޔާވެފައިވަނީ އޭނާގެ ފައިގެ ކުޑަހުޅަށެވެ.

 

ގްރީންސްޓްރީޓްގެ މެނޭޖަރު އިލްޔާސް އުމަރު (އިއްލި) ރާއްޖެއެމްވީއަށް މައުލޫމާތު ދެމުންބުނީ ނިޒާމްބެގެ ވައަތުފައިގެ ކުޑަހުޅުގައި ވަނީ ރެދެއްލާފަ ކަމަށެވެ. އެކަމަކުގެ ސަބަބުން ދެތިން ހަފްތާއެއް ފަހުން ނޫނީ އެނބުރި ދަނޑަށް ނުކުމެވޭ ވަރުނުވާނެ ކަމަށް އިއްލި ބުންޏެވެ.

 

ގްރީންސްޓްރީޓްގެ އެސިސްޓެންޓް ކޯޗު ފަރީދު ބުނީ ނިޒާމްބެއަކީ ވަރަށް މުހިތްމު ކުޅުންތެރިއެއް ކަމަށާއި ނިޒާމްބެ ނެތުމަކީ ޓީމަށް ލިބޭ ދެރައެއް ކަމަށެވެ.

 

ފަރީދު ބުނީ ނިޒާމްބެއަށް އަނިޔާވި ނަމަވެސް އެތަން ފީބައްދާނެ ކުޅުންތެރިން ގްރީންސްޓްރީޓްގައި އަބަތިބި ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދަން މަސައްކަތްކުރާނެ ކަމަށް ފަރީދު ބުންޏެވެ.

 

ނިޒާމްބެ ބަދަލުގައި އެތަން ފުބައްދަން ގްރީންސްޓްރީޓުން ބޭނުންކުރާނެ ކަމަށް ބެލެވެނީ އިބްރާހިމް ރިޒްހާން (ރިޒްކޮ) އެވެ.

 

މިމަހުގެ 13 ވަނަ ދުވަހު މަލޭލީގުގައި ގްރީންސްޓްރީޓް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ލީގުގައި ތިން މެޗު ކުޅުނުއިރު އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗު އެއްވަރުކުރިއިރު، އެއް މެޗުންވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް