ކ. މާލެ
|
30 ޖޫން 2020 | އަންގާރަ 14:23
އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ އޮޕަރޭޝަން
5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިން
ލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވޭ
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ދަތުރުކުރި ލޯންޗު

މި މީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ އިން އައްޑޫ ސިޓީއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ 17:20 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރު ފަރާތު ބޭރު ކަނޑުމަތިން ކަމަށް ފުލުހުން ބުނެއެވެ.

އަދި ކަނޑުމަތިން އެމީހުން ދަތުރު ކުރި ލޯންޗު ހުއްޓުވައި ބަލައި ފާސްކުރިއިރު ލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވާއިރު އޭގެ ވަގުތީ ބަރުދަނަކީ 5.5 ކިލޯކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް