ކ. މާލެ
|
29 ޖޫން 2020 | ހޯމަ 07:21
ފާރިސް މައުމޫން: އޭނާ ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި
ފާރިސް މައުމޫން: އޭނާ ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި
މުހައްމަދު ޝަރުހާން
ފާރިސް މައުމޫންގެ މައްސަލަ ބާތިލް ކުރުން
ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރީ ގާނޫނާ ހިލާފަށް:ހައިކޯޓް
ބަންދުގައި ބަހައްޓަން އަމުރުކުރީ 2018 ވަނަ އަހަރުގެ މާރޗު މަހު
ފާރިސްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ
އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައެޅީ ތިން ފަނޑިޔާރުންގެ އިއްތިފާގުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ކުރީގެ މެމްބަރު ފާރިސް މައުމޫން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގައި ބުނެފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގާނޫނާ ހިިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސް އަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމަށެވެ. އެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައެވެ. އޭނާ ޖަލުގައި ބަހައްޓަން އަމުރުކު ރީ 2018 ވަނަ އަހަރުގެ މާރޗު މަހުއެވެ.

އެ މައްސަލާގައި އާދިއްތަ ދުވަހު ހައި ކޯޓުން ކޮށްފައިވާ ހުކުމް ގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާކަން އެނގެން އޮތްއިރު، އަދި އެ ހައްގު ހިފެހެއްޓުމާއި ދޫކޮށްލުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮތް ބާރެއްކަމާއި ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާރު ދިރި އޮށްވައި، ކްރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ މާއްދާތަކަށް ރިއާޔަތްކޮށް ނެރެފައިވާ ކޯޓު އަމުރަކީ ގާނޫނު އަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްވާ ފާރިސްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ، ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލި ވަގުތުން ފެށިގެން، ފާރިސް ބަންދުކޮށްފައި ހުރި ހުރުމަކީ ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފު ކަމެއް ކަމަށާއި، ކޯޓު އަމުރަކީ ބާތިލް އަމުރެއް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސްފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު އަލީ އިއްތިފާގުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކަމަށެވެ.

- ކޮމެންޓް