ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 20:41
ސެމީއަށް ދިޔުމުން އޮސްޓްރެލިއާ ކުޅުންތެރިން އުފާ ކުރަނީ
ސެމީއަށް ދިޔުމުން އޮސްޓްރެލިއާ ކުޅުންތެރިން އުފާ ކުރަނީ
ބީބީސީ
ޑޭވިސް ކަޕް
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް
ސެމީގައި ވާދަކުރަން ޖެހޭނީ އިޓަލީ ނޫނީ ބެލްޖިއަމްއާ

އޮސްޓްރެލިއާގައި ކުރިއަށްދާ ޑޭވިސްކަޕް ޓެނިސް މުބާރާތުގައި އެމެރިކާ ބަލިކުރުމަށްފަހު އޮސްޓްރެލިއާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

 

އޮސްޓްރެލިއާ އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އެ ގައުމުގެ ނިކް ކްރިގި އޯސް އެމެރިކާގެ ސޭމް ގެރޭ ބަލިކުރުމަށްފަހުއެވެ.

 

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު ދުވަހު 1-2 އެކަކުން އެމެރިކާގެ ޓީމުގެ މައްޗަށް ކްރިގިއޯސް ކުރިހޯދި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 6-7 (4-7) 3-6 އަދި 4-6 އިންނެވެ.

 

އެމެރިކާގެ ޖޯން އައިނަރ ކުޅުނު މެޗުގައި އޮސްޓްރެލިއާގެ ސޭމް ގްރޮތްގެ މައްޗަށް ކާމިޔާބު ހޯދިނަމަވެސް މުބާރާތުގެ އިތުރު ހަރުފަތަކަށް ދަތުރު ކުރެވޭ ގޮތެއް ނުވިއެވެ.

 

ޑޭވިސްކަޕްގެ ސެމީ ފައިނަލްގައި އޮސްޓްރެލިއާ ޓީމުގެ ކެޕްޓަން ލޭޓަން ހިވިޓް ނުކުންނާނީ ބެލްޖިއަމް ނޫނީ އިޓަލީއާ ދެކޮޅަށެވެ.

 

އިޓަލީވެސް ވަނީ އެޓީމުން ކުޅުނު މެޗުތަކުން މޮޅުވެފައެވެ. ނަމަވެސް ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިންނަށް ސާބިއާގެ އަތްދަށުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.

 

މި މުބާރާތުގައި ފްރާންސް އިން ކުޅުނު މެޗުތައް ގްރޭޓް ބްރިޓައިން އަތުންވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ.

 

ޑޭވިސްކަޕްގެ ސިންގަލް އަދި ޓީމް އިވެންޓްތަކުގައި އޮސްޓްރެލިއާ އިން އަންނަނީ ގިނަ ކާމިޔާބީ ތަކެއް ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް