ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 22:35
މާލެ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް
މާލެ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް
ރާއްޖެ އެމްވީ
ގާނޫނީ ވަކީލަކު މަރުވެފައި އޮއްވާ ފެނުން
ލޯފާމެއްގެ ތެރޭ ގާނޫނީ ވަކީލަކު މަރުވެފައި އޮއްވަ ފެނިއްޖެ
އެއީ އުމުރުން 30-35 އަހަރާއި ދެމެދުގެ މީހެއް
ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ

ރާއްޖޭގެ ގާނޫނީ ވަކީލަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، އެ ވަކީލު މަރުވެފައި އޮއްވާ ފެނުނީ މާލޭގައި އޭނާ މަސައްކަތް ކުރަމުން އަންނަ ލޯފާމް ތެރެއިން ކަމަށެވެ. އެ މީހާއަކީ ފިރިހެނެއް ކަމަށާއި، އެއީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހެއް ކަމަށް، ރާއްޖެ.އެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި މަސައްކަތްކުރި އެ މީހާއަކީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރެއްހާ ދުވަސް ވެފައިވާ މީހެކެވެ. މިކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

- ކޮމެންޓް
29 ޖޫން 2020 | ހޯމަ 01:21
ކުރި
އަދި އިދާރާތެއް ނިދާފައި
27 ޖޫން 2020 | ހޮނިހިރު 12:00
ކޮބާ މިމީހާ ވަޅުވެސް ނުލަނީތޯ.
26 ޖޫން 2020 | ހުކުރު 01:00
ޢަހޙައްމާ
މިޙާރަކު ރަސްމީ އިދާރާތަކެއް ނުޙުރޭ