ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 19:07
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
ރާއްޖެއެމްވީ
ކްލަބް މޯލްޑިވްސް ކަޕް
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
މި އަހަރު އެފްއޭއެމް އިން ފުޓްސަލް ލީގެއް ތައާރަފްކުރާނެ: ބައްސާމް
ފުޓްސަލް އަދި ފުޓުބޯޅަ ވަކިކޮށްދޭ ގަވައިދެއް ހަދާނަން: ބައްސާމް
ރާއްޖޭގައި ގިނައީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން: ބައްސާމް

މިހާރު ފަށައިގެން ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބައްސާމް ވިދާޅުވީ، ކްލަބް މޯލްޑިވްސް ކަޕް މިފަހަރު ހުއްޓުވާލަން ވަރަށް އުނދަގޫ ކަމަށާއި، އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި އެ މުބާރާތް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނެ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ރާއްޖޭގައި ގިނައިން ކުޅެނީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެގޮތުން އެ ކުޅުންތެރިން ވަޒީފާ އަދާކުރާ ތަނަށްވެސް ކުޅެން ބައެއް ފަހަރު ކުޅެން މަޖުބޫރު ކުރާ ކަމަށާއި، އެ ނޫން ގޮތަކަށް ވަޒީފާ ހޯދަންވެސް އުނދަގޫވާ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، މިކަމަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރަންޖެހޭ ކަމަށާއި، މިފަދަ މުބާރާތްތަކުގައި ލީގުގައި ކުޅޭ ކުޅުންތެރިން އަދި ކޯޗުންވެސް ބައިވެރިވާ ކަމަށެވެ. އެގޮތުން ލީގުގައި އެ ކުޅުންތެރިން ކުޅޭ ކްލަބްތަކަށް ގެއްލުންވާކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމް އިން އިސްނަގައިގެން ފުޓްސަލް ލީގެއް ބާއްވަން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވީ، ފުޓުބޯޅަ އާއި ފުޓްސަލް ވަކިކޮށްދޭ ގަވައިދުތަކެއްވެސް ހެދިގެންދާނެ ކަމަށެވެ. އެގޮތުން ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ފުޓުބޯޅައިގައި ނުކުޅެވޭފަދަ އުސޫލެއްވެސް ކަނޑައަޅާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް