ކ. މާލެ
|
24 ޖޫން 2020 | ބުދަ 20:44
ރެޑްވޭވްގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވަނީ
ރެޑްވޭވްގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވަނީ
ރެޑްވޭވް
ރެޑްވޭސް ރޯދަ ސޭލް
ރެޑްވޭވްގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި
އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ ސޮއްފަތު

ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 11 ފިހާރައިގައި 30 ޖެނުއަރީ އިން ރޯދަމަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ނޫސްވެރިންގެ ހާޒިރުގައި، ނަސީބުވެރިން ހޮވާފައިވަނީ ރެޑްވޭވް މެގަމޯލް ގައި، ބުދަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ.

އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ.

އަދި 75 އިންޗި ޓީވީއެއް ހައްޤުވާ 1 ފަރާތެއް، 55 އިންޗި ހައްޤުވާ 5 ފަރާތެއް އަދި 49 އިންޗި ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. މީގެ އިތުރުން, 10،000ރ ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ ބުދަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ "ސޮއްފަތު" (ކޫޕަން ނަމްބަރ: 97451) އެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.

ވުމާއިއެކު، ކުރިއަށްއޮތް ރެޑްވޭވްގެ ޕްރޮމޯޝަންތައް ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ، އަދި މިއަށްވުރެގިނަ އިނާމް ތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމަށެވެ.

- ކޮމެންޓް