ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 15:25
މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީގެ ބައްދަލުވުމެއްގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް (ކ): އީއައިއޭ އާއެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށާއި ހާލަތާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހ
މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީގެ ބައްދަލުވުމެއްގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް (ކ): އީއައިއޭ އާއެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށާއި ހާލަތާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހ
މަޖިލިސް
އީޕީއޭ މިނިވަން މުއައްސަސާއަކަށް ބަދަލުކުރުން
އީޕީއޭ މިނިވަން މުއައްސަސާއަކަށް ހެދުމަށް އެންވަޔަރަމަންޓް ކޮމެޓީން ހުށަހަޅައިފި
ކ. ގުޅިފަޅު މަޝްރޫއުއާ ގުޅޭ 22 ކަމެއް ކޮމެޓީން ފާހަގަ ކޮށްފައިވޭ
ކޮމެޓީގެ ރިޕޯޓުގެ ހުށަހެޅުންތަކުގެ ގޮތުގައި، 20 ކަމެއް ހުށަހަޅާފައިވޭ
އީއައިއޭ އާއެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށާއި ހާލަތާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހޭ ކަމަށް އަންގާ ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވޭ

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ނިންމައި ފުރިހަމަކޮށް، މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު އީޕީއޭއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ނިންމައިފިއެވެ.

މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީން މިގޮތަށް ފާސްކޮށްފައިވަނީ، ކ. ގުޅިފަޅު ޕޯޓް މަޝްރޫއުއަށް ބިން ހިއްކަން ފެށުމުން އެކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނެވެ.

އެންވަޔަރަމަންޓް ކޮމެޓީން ކ. ގުޅިފަޅު ޕޯޓް މަޝްރޫއުއަށް ބިން ހިއްކަން ފެށުމުން އެކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި، އެމަޝްރޫއުއާ ގުޅިގެން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާއި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ކޮމެޓީއަށް ފާހަގަކުރެވުނު 22 ކަމެއް ފާހަގަކޮށްފައި ވެއެވެ.

ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ކޮމެޓީގެ ރިޕޯޓުގެ ހުށަހެޅުންތަކުގެ ގޮތުގައި، 20 ކަމެއް ހުށަހަޅާފައި ވެއެވެ. އޭގެެ ތެެރެއިން، ކޮނުމާއި ބިން ހިއްކުމުގައި ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރަމަންޓަލް ގަވަރނަންސް ހަރުދަނާ ކުރުމުގެ ގޮތުން އެޅުމަށް ފެންނަ ފިޔަވަޅުތަކެއްވެސް ހިމެނެއެވެ.

ގުޅިފަޅު މައްސަލާގައި ކޮމެޓީން ހުށަހަޅާފައިވާ މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ގުޅިފަޅު ބަނދަރު މަޝްރޫއުއާ ގުޅޭގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި، އަދި އޭގެ އިތުރުންވެސް އެ ހާލަތަކާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހޭ ކަމަށް އަންގާ ފިޔަވަޅުތައް ފުރިހަމައަށް މަޝްރޫއުގެ ވެރިފަރާތުން އަޅަމުން ގެންދިއުން ހިމެނެއެވެ.

މަޝްރޫއުގެ ތިމާވެއްޓާ ގުޅޭ މަސައްކަތްތައް ވިލަރެސްކުރުން ހަރުދަނާ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، އީޕީއޭ އާއި މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓާއި، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ހިމެނޭ ގޮތުން، ވަގުތީ ކޮމެޓީއެއް އުފައްދާ، ހަފްތާއަކު އެއްފަހަރު ބައްދަލުވުމެއް ބާއްވަންޖެހެއެވެ. އަދި ކުރެވެމުންދާ މަސައްކަތްތަކާއި، ދިމާވާ މައްސަލަތައް މަޝްވަރާކޮށް ކަންކަން ހައްލުކުރަމުން ގެންދިއުމަށްވެސް ކޮމެޓީގެ ހުށަހެޅުމުގައި ވެއެވެ.

މީގެއިތުރުން، ވިލިމާލެ ފަރާއި، ހެންހާސް ޕްލޭސް މޮނިޓަރކުރުން ހަރުދަނާކޮށް، ކޮންމެ ދުވަހަކު އެއްފަހަރު ކިސަޑުގެ އަސަރު އެ ސަރަހައްދުތަކަށް ކުރަމުންދާގޮތް ބަލާ، ފޮޓޯ، ވީޑިއޯ އާންމު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާބެހޭ ހުލާސާ ރިޕޯޓެއް ހަފްތާއަކު އެއްފަހަރު އީޕީއޭއިން ތައްޔާރުކޮށް އެ ރިޕޯޓް އާންމުކުރުމާއި އެ ރިޕޯޓް އެންވަޔަރަމަންޓް ކޮމެޓީއަށް ފޮނުވަމުން ގެންދިއުމަށް ހުށަހަޅާފައި ވެއެވެ.

- ކޮމެންޓް
23 ޖޫން 2020 | އަންގާރަ 16:57
ޢީދުރާމް
ކޮންމެ ޤާނޫނަކާ އެކީ މިނިވަން މުޢަށްސަސާޢެއޢއް.. ކޮންމެ ޤަރާރަކާ އެކީ މިނިވަން މުޢަށްސަސާޢެޢް... ކިހާ ދެރަކަމެޢް.. ދަޢުލަތުގެ މިނިސްޓްރީތަޢް މެދުވެރިކޮށް އެޢްވެސް ކަމެޢް ކުރަން ހެޔޮނުވަނީތަ؟ މިނިސްޓްރީ ތަކުގެ މެންޑޭޓުތަޢް ހަނިކޮށް ކޮން ސަކަރާތެޢް ޖަހާކަށް..