ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 07:47
2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅުން މަޖިލިސް ޖަލްސާ ބޮއިކޮޓްކުރުން
މަޖިލީހުގައި މެމްބަރުންގެ ސަލަމާތާއި ރައްކާތެރިކަން އަދިވެސް ކަށަވަރެއް ނުވޭ: އިދިކޮޅު ކޯލިޝަން
މެމްބަރުންނަށް ރައްކާތެރި މާހައުލެއް ނެތް
އެންމެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރީ މެމްބަރު އަޙްމަދު ޝިޔާމްގެ އަނިޔާކުރި ކަމުގެ ތުހުމަތުގައި
ރިޔާސަތުން މަޖިލީހުގެ ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާކަމަށް ބުނޭ

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް ކަށަވަރު ނުވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެ ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކޯލިޝަންގެ މެމްބަރުންނަށް މަޖިލީޙުގައި ސަލާމަތާއި ރައްކާތެރިކަން އަދިވެސް ކަށަވަރު ނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މަޖިލިސް ޖަލްސާ ބޮއިކޮޓްކުރަން ނިންމިކަން ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ފުރަތަމަ އިއުލާން ކުރީ ޖޫން މަހުގެ 7ގައެވެ. އެ ބަޔާނުގައި ބުނީ، 2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 01:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށެވެ.

އަދި މެމްބަރު ޝިޔާމަށް ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރުން އަނިޔާ ކުރައްވާފައިވާ ކަމަށާއި، އެކަމާގުޅޭ ޖިނާޢީ ތަޙްޤީޤެއްވެސް މިހާރު ހިނގަމުންދާ ކަމަށް ބުނެފައިވެއެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލިސް ތަޅުމުގައި މާރާމާރީ ހިންގާފައި ވަނީ ރިޔާސަތުގެ އެންގެވުމަކަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މެންބަރު ޝިޔާމުގެ ޙާލަތު ދެނެގަތުމަށް ޖަލްސާ ކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގެންފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

- ކޮމެންޓް