ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 11:12
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް 6 ފަންގިފިލާ ކުއްޔަށް ދިން ދާރުލް އިމާމު ބިލްޑިންގް
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް 6 ފަންގިފިލާ ކުއްޔަށް ދިން ދާރުލް އިމާމު ބިލްޑިންގް
ރާއްޖެއެމްވީ
ދާރުލް އީމާންގެ ކުލި މައްސަލަ
އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ 6 މިލިއަން ރުފިޔާ ދައްކައިފި
އައިލެންޑް އޭވިއޭޝަނުން ކުލީގެ ފައިސަ އެއްބަސްވުމާއި ހިލާފަށް ނުަދައްކާ އޮތް ކަން އޮޑިޓް ރިޕޯޓުން ފާހަގަވި
އެއާއި އެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމާއި އެއްގޮތަށް އައިލެންޑް އޭވިއޭޝަނުން ވަނީ ފައިސާ ދައްކާފައި
ފެބްރުއަރީ މަހު ޖުމްލަ 6 މިލިއަން ރުފިޔާ ވަނީ ދައްކާފައި

ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވެވުނު އެއްބަސްވުމާއި ހިލާފަށް, އަހަރުތަކަށް ފައިސާ ނުދައްކާ އޮތުމަށް ފަހު ބާކީ 6 މިލިއަން ރުފިޔާ ދައްކައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާގޮތުން، ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވަނަ ދުވަހު އެ މިނިސްޓްރީއާއި އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ކުލީގެ ގޮތުގައި ޖުމުލަ 8,000,000 (އަށް މިލިއަން) ރުފިޔާ ދައްކަން ޖެހެއެވެ.

އެ ފައިސާގެ ތެރެއިން 2,000,000 (ދެ މިލިއަން) ރުފިޔާ 3 އޭޕްރީލް 2018 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއަށް ދައްކާފައިވާކަމަށް 23 ފެބްރުއަރީގައި އޮޑިޓަރ ޖެނެރަލް އާންމުކުރެއްވި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން އެނގެއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ބާކީ ހޯދުމަށް ދެ ފަރާތުން މަޝްވަރާކޮށް ސެޕްޓެމްބަރ 2019 އިން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 1,000,000 (އެއް މިލިއަން ރުފިޔާ) މިނިސްޓްރީއަށް ދެއްކުމަށެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރާއްޖެއެމްވީއާއި ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން ވި އެއްބަސްވުމާއި އެއްގޮތަށް 6 މަސް ދުވަހުގެ ތެރޭގައި މަހަކަށް މިލިއަން ރުފިޔާގެ މަގުން ދައްކާ ނިންމާފައިވާކަމަށެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް