ކ. މާލެ
|
19 ޖޫން 2020 | ހުކުރު 22:05
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް
ސިމާހާ ނަސީމް
މާފަރު އެއަރޕޯޓް
މާފަރު އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ
ލެބް ޤާއިމް ކުރުމަށް ބޭނުންވާ ތަކެތި ވަނީ ހުކުރު ދުވަހު މާލެ ގެނެސްފައި
މާލޭ ސިޓީގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ އައްޑޫ ސިޓީގައި

ނ. މަފަރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ގެ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ފަރުދީން ވިދާޅުވީ މާފަރު އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ލެބެއް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހުކުރު ދުވަހު މާލޭ ގެނެސްފައިވާ ކަމަށެވެ.

ފަރުދީން ވިދާޅުވީ ލެބްގާއިމް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޕީސީއާރު މެޝިން އަދި އެހެނިހެންވެސް އިކުއިޕްމަންޓް ގެނައުމަށްޓަކައި އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުން ކަމަށެވެ. އަދި ލެބް ގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މާފަރު އެއަރޕޯޓަށް އެތަކެތި ގެންދޭވެނެ ކަމަށާއި ލެބްގައި މަސައްކަތް ކުރާ ސްޓާފުންނަށް ޓްރެއިނިންގ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަރުގައި ލެބެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު މާލޭގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވަނީ ހަމައެކަނި އައްޑޫ ސިޓީގައެވެ.

- ކޮމެންޓް