ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 14:38
އަލީ އަޝްފާގު ނިއުރޭޑިއަންޓްގެ ޖާޒީގައި: އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށް އޭނާގެ ލަނޑު ވަނީ ހޮވިފައި
އަލީ އަޝްފާގު ނިއުރޭޑިއަންޓްގެ ޖާޒީގައި: އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށް އޭނާގެ ލަނޑު ވަނީ ހޮވިފައި
އޭއެފްސީ
އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑު
އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށް ދަގަނޑޭގެ ލަނޑު
ދަގަނޑޭއަށް އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާއެކު
މިއީ 2013 ވަނަ އަހަރު ދަގަނޑޭ ކާމިޔާބުކުރި ލަނޑެއް

އާންމުން ވޯޓު ދީގެން ހޮވި އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ ލަނޑު ހޮވިއްޖެއެވެ.

އެންމެ ގިނަ މީހުން ވޯޓު ދިން ދަގަނޑޭގެ ލަނޑަކީ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕާސިބޯ ކޮޅަށް ދަގަނޑޭ ކާމިޔާބުކުރި ލަނޑެވެ. 2013 ވަނަ އަހަރު ކުޅުނު އެ މެޗުގައި ދަގަނޑޭ ވަނީ ފަސް ލަނޑު ޖަހާފައެވެ.

އޮންލައިންކޮށް ވޯޓުލާން އޭއެފްސީން ހުޅުވާލިއިރު، އެއްވަނައަށް ދަނގަޑޭގެ ލަނޑު ހޮވުނީ 54 އިންސައްތަ ވޯޓާއެކުގައެވެ. މި ވޯޓުގައި ޖުމްލަ 14،342 (ސާދަ ހާސް، ތިންސަތޭކަ ސާޅީސް ދޭއް) މީހަކު ވަނީ ބައިވެރިވެފައެވެ.

އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑުގެ ނަތީޖާ

2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕާސިބޯ އަތުން 7-0 ން ނިއުރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ މި ލަނޑު ޖެހީ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައެވެ.

މި ލިސްޓުގައި ދެން ހިމެނެނީ އިންޑިއާގެ ޗާޗިލް ބްރަދާސްގެ ބަލްވަތު ސިންގްހާއި، ކުވޭތު އެފްސީގެ ލުބްނާން މިފީލްޑަރު މުހައްމަދު ހައިދަރާއި، އިންޑޮނީޝިއާގެ ޕަރްސިޕޫރާ ޖަޔަޕޫރާގެ ފޯވާޑް ބޯޒް ސޮލޯސާ އާއި، މިޔަންމާގެ ޔަންގޮން ޔުނައިޓެޑުގެ އެމެނުއަލް އުޒޮޗުކްވޫގެ ލަނޑުތަކެވެ.

ލިސްޓުގެ އެއްވަނަ 54 އިންސައްތަ ވޯޓާއެކު ދަގަނޑޭ ހޯދިއިރު، ދެވަނައަށް ދިޔަ ބަލްވަތު ސިންގުގެ ލަނޑަށް ލިބުނީ 22 އިންސައްތަ ވޯޓެވެ. އަދި ތިންވަނައަށް ދިޔަ ބޯޒް ސޮލޯސާގެ ލަނޑަށް ލިބުނީ 17 އިންސައްތަ ވޯޓެވެ.

އޭއެފްސީއިން އަންނަނީ ފަހަކަށް އައިސް އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި ކުޅުންތެރިން އެކި ގޮތްގޮތަށް ޖަހައިފައިވާ މޮޅެތި ލަނޑުތައް ކެޓަގަރީކޮށް ސަޕޯޓަރުންގެ ވޯޓަށް ހުޅުވައިލަމުންނެވެ.

- ކޮމެންޓް