ކ. މާލެ
|
17 ޖޫން 2020 | ބުދަ 15:30
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
މޯލްޑިވްސް އިންޑިޕެންޑެންޓް
މަޖިލިސް އިދާރާގައި މަސައްކަތްކުރާ ސްޓާފަކު ވައިރަ
މަޖިލިސް އިދާރާގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޕޮޒިޓިވްވެފައިވަނީ މެއިންޓެނެންސްގައި މަސައްކަތްކުރަމުންދާ ސްޓާފެއް
ޕޮޒިޓިވް ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން
މުޅި މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ ސްޓާފުން މަސައްކަތް ކުރަމުންދޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ އިދާރާގައި މެއިންޓެނެންސް ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިއުޝާ ވިދާޅުވި އެވެ. އެހެންކަަމުން އޭނާއާ މަޖިލީހުގެ އިދާރާއިން ކޮންޓެކްޓްވީ ކިތައް ސްޓާފުންކަމެއް އަދި ނޭންގެ އެވެ.

މުޅި މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ ސްޓާފުން މަސައްކަތް ކުރަމުންދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި ވަނީ މިވަގުތު ބަންދުކޮށްފަ އެވެ. އަދި ޑިސްއިންފެކްޓް ކުރުމަށްފަހު ބުރާސްފަތި ދުވަހު ހުޅުވާނެ އެވެ.

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް އައިއިރު ރާއްޖެއިން 2,094 މީހުންނަށް ވަނީ ޖެހިފަ އެވެ. މީގެތެރޭގައި އެކި އިދާރާތަކުގައި މަސައްކަތްކުރަމުންދާ މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން އަދި އާންމުންވެސް ހިމެނެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ލޮކްޑައުންކޮށް މުޅި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ޖޫން މަސް ފެށުނުފަހުން ވަނީ ލުއިތައް ދޭން ފަށާފަ އެވެ.

- ކޮމެންޓް